ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔަސީ ބަޔާނުގައި އެންމެ އުފާވެރި ޚަބަރަކަށް ލިބުނީ ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް ބުނި ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ ރިޔާސީ ބަޔާނުގައި އެންމެ އުފާވެރި ޚަބަރަކަށް ލިބުނީ ޓީޗަރުންގެ މުސާރަ މެއި މަހާ ހިސާބުގައި 50 އިންސައްތަ އަށްވުރެން އިތުރަށް ބޮޑުވާނެ ވާހަކަަ ކަމަށާއި، އެކަމަކީ ވަރަށް ދުވަސް ވަންދެން އުންމީދު ކުރި ކަމެއް ކަމަށެވެ. އަދި އެކަމާ ރައީސް ސޯލިހުއަށް ޝުކުރު ދަންނަވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
Miadhuge riyaasee bayaanugai enme ufaaveri habarakah libunee TEACHERunge musaara May mahaa hisaabugai 50% ah vuren ithurah bodu vaane vaahaka! Varah dhuvas vandhen ummeedhu kuri kameh! Shukuriyya Raees @ibusolih
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) February 3, 2022
މިއަދު އިއްވެވި ރިޔާސީބަޔާނުގައި ރައީސް ސޯލިހުވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެހެން ކަމުން އަންނަ މަހުން ފެށިގެން ހުރިހާ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލާއެކު، ގްރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރު ގަޑި ނުލާ 12.628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި، އެއީ 56 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.