ޚަބަރު
ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާއި ގުޅުމެއް ނެތް މިންވަރު – ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާއި ގުޅުމެއް ނެތް މިންވަރު ކަަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާއި ގުޅުމެއް ނެތް މިންވަރު ކަމަށާއި، ހާމަވެގެން ދިޔައީ އަދިވެސް ވައުދުތައް ފުއްދުމުގެ ވިސްނުމެއް ނެތްކަން ކަމަށެވެ.

ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި. ހިމާޔްތް ކުރަނީ ދީނާއި ދެކޮޅު ފިކުރު. އެމްޑީޕީއަކީ މިއީ، ތަންދޮރު ނުދަންނަ ވާނުވާ ނޭނގޭ ފިކުރު. ޖަމީލް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި މަސްވެރިން ބާނާ މަހުގެ އަގުބޮޑުވާނެ ކަމަށާއި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ އިތުރުންވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!