ޚަބަރު
މިސަރުކާރަށް އެއްވެސް ރިޔާސީ ބަޔާނެއްގައި ހުރި ކަމެއް ހާސިލްވެފައި ނެތް – ސެމްބެ

މިސަރުކާރުކާރުގެ ވެރިންނަކީ ހީލަތްތެރި ބައެއް ކަމަށާއި، ދިވެހި ރައްޔިތުން ބިކަކުރި ސަރުކާރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް ފާޑުކިއުން އަމާޒުކުރައްވައި ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް އަހަރަކު އިއްވެވި ރިޔާސީ ބަޔާނެއްގައި ހުރި އެއްވެސް ކަމެއް ހާސިލް ވެފައި ނެތުމަކީ މިސަރުކާރަކީ ހީލަތްތެރި ސަރުކާރެއް ކަމުގެ ހެއްކެއް ކަމަށެވެ.

އިންތިހާބު ކައިރިވި ވަރަކަށް ދުނިޔެއިން ބޭރުން ދިވެހިންނަށް ބޮޑު މުސާރައާއި އިނާޔަތް ލިބޭނެ. ރައްޔިތުން ބިކަކުރި ސަރުކާރެއް މިއީ. ސެމްބެ ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހުވަނީ، ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން މުސާރައާއި އިނާޔަތް ބޮޑުކުރައްވަން އެމަނިކުފާނު ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

  1. މުހަމްމާ ކަލޯ

    ސެމްބެ ތިހެން ނުބުނޭ