ޚަބަރު
ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް – އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަކީ ހިޔާލީ ހުވަފެނެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް ކަމަށާއި، މުޅި ބަޔާން ބައްޓަންކޮށްފައިވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކަމަށެެވެ.

އަސްލު ހާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި. މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެފައިވާ މިންވަރު – އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ހޯއްދަވައިދެއްވާފައިވާ ކުރިއެރުންތަކާއި ކުރިއަށް އޮތްތަނުގައި ކުރަން ނިންމާފައިވާ ގިނަ ކަންތައްތަކެއް ހާމަކޮށްފައެވެ.

އެގޮތުން މަސްވެރިން ބާނާ މަހުގެ އަގު ބޮޑު ކުރެވިގެންދާނެ ކަމަށާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް މުސާރަ ބޮޑުކުރެވިގެން ދިއުމުގެ އިތުރުން ބޯހިޔާވަހިކަމާއި އިތުރުން ސިއްޚީ ދާއިރާގެ ހުރި ގޮންޖެހުންތައް ހައްލުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

  1. މުހަމްމާ ކަލޯ

    އަދުރޭ ނުހަހްދަވާނެ ދޮގުފުޅެއް.