މި ވާހަކަ ފެށުމުގެ ކުރިން “ގާޑިޔާ” ގެ މާނަ ކޮބައިތޯ ބަލާލަން ހިތަށް އެބައަރައެވެ. ދިވެހި ބަހުގެ ރަދީފު ގައި ލިޔެފައި ވާ ގޮތުން ގާޑިޔާއަކީ އެއްޗެހި އުފުލުމަށް ފުރޮޅު ލައިގެން މަގުމަތީގައި ދެމޭ ގޮތަށް ނުވަތަ ކޮއްޕޭ ގޮތަށް ހުންނަ އެއްޗެކެވެ. މިކަން ނޭގޭ މީހަކުނެތެވެ. ރަދީފުގައި ގާޑިޔާ ގެ އެހެން މާނައެއް ވެސްނެތެވެ. ނަމަވެސް އެ ގާޑިޔާ ވަކިތަނެއްގައި ބަހައްޓައިގެން ނުވަތަ ރަމްޒީ އެއްޗެއްގެ ގޮތުގައި މީހުންނަށް ފެންނަހެން ބަހައްޓައިގެން ދިވެހި އުފެއްދުން ވިއްކާ ކުޑަ ކަޑައެއް ހަދައިގެން ވިޔަފާރި ކުރާ ތަނަށް ވެސް ގާޑިޔާ ކިޔާ ކަން އެންމެންވެސް ދަނެއެވެ. އާނއެކެވެ. އެވާހަކަ ބާއްވާށެވެ.
ގދ ތިނަދޫ ގައި ފުރަތަމަ ފަހަރަށް ވިޔަފާރި ގާޑިޔާ ތަޢާރަފް ވެގެން ދިޔައީ މީގެ 12 އަހަރު ކުރިން, ކަތީބުންގެ އިރު ގައެވެ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް, މިހާރު ގެ ނަމުން ނަމަ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ކުރިމަތީގައި އޮތް ހުސް ބިމުގައެވެ. ރަށު އޮފީހުން ލިބޭ ޚާއްސަ ހައުދައެއްގެ ދަށުން ފެށި މި ވިޔަފާރި ވެގެން ދިޔައީ ވަރަށް ޖަޒީރާ ވަންތަ ކަމަކަށެވެ. ގިނަ ބަޔަކަށް ވަރަށް ފައިދާ ކުރި ކަމަކަށެވެ. އެތަނުގައި ތިބެ އަރާމު ކޮއްލާ ކުރުނބާ ބޮއެ ހެދުމަކީ ވަރަށް ހިތްގައިމު އަދި އާންމުކަމަކަށް ވެއްޖެއެވެ.

ތިނަދޫ ބަނދަރު ސަރަހައްދުގައި ހުރި ގާޑިޔާތަކުގެ ކައިރީގައި ބަޔަކު ވާހަކަ ދައްކަން މަޑުކޮށްލައިގެން- ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ގާޑިޔާ ތަކުގެ ވިޔަފާރި އަށް ދުވަސް ވަމުންދާ ވަރަކަށް އެ މާހައުލަށް ގާޑިޔާތައް އިތުރުވެ ވިޔަފާރީގައި ވާދަވެރިކަން ވެސް ބޮޑުވިއެވެ. ހަމައެޔާއެކު މުޅިން ތަފާތު މަންޒަރެއްވެސް ސިފަ ވާން ފަށައިފިއެވެ. ގާޑިޔާ ތަކުން މުދާ ބޭރުއެ ފެތުރެން ފަށައިފިއެވެ. ކާބޯ ތަކެތި ގިނަވެ ފުނި ފުނި ތަކާ ކުނި ބަސްތާ ތައް ވެސް އިތުރު ވާން ފަށައިފިއެވެ. އޭގެ މާގިނަ ދުވަސް ތަކެއްނުވެ އެ ބިމުގައި ޕާކެއް ހަދަން ނިންމާ ބިން ހުސްކުރިއެވެ. މި ދެންނެވީ ތާރީޚީ ނަޒަކުން ގާޑިޔާތައް ހިންގަންފެށި ގޮތުގެ ވާހަކައެވެ.
ކަތީބުންގެ ޒަމާން ނިމުމަކަށް އައިސް ކައުންސިލަރުން ގެ ދައުރު ފެށުމާއެކު އަނެއްކާވެސް ގާޑިޔާތައް ވުޖޫދަށް އައެވެ. މި ފަހަރު އައީ ބަދަލުތަކަކާއި އެކުއެވެ. މާބޮޑު ބަދަލެއް ނޫނަސް ބަދަލެއް ފެނުނެވެ. ތިނަދޫ މުދާ ބާލާ ބަނދަރާއި އެސްޓީއޯ ގުދަން ތަކުގެ މެދަށް ވާހެން ވަކި ތަރުތީބަކުން ކުއްޔަށް ބިން ދޫކޮށްފިއެވެ. މިފަހަރު ގާޑިޔާތައް ފެނިގެން ދާނީ ވަރަށް ފުރިހަމަ ކޮށް ކަމަށް ހީކުރެވުނެވެ. އެކަން ކުރަން ނުކުންނަ މީހާއަށްވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ ޔަގީން ކުރެވުނެވެ. ނަމަވެސް މިފަހަރު ވެސް ކަންކުރީ ކުރި ވެސް ހިންގި ފަދަ ބީދަޔަށް ނުވަތަ “ކަތީބު ދެލިގަނޑަށެވެ”.
ކުދިކުދި ޖާގަތަކެއް ފައްޗަކަށް ކުއްޔަށް ދޫކުރިއިރު ކުޑަމިނުން ކަރަންޓްވެސް ނެގޭ ގޮތެއް ނެތެވެ. އަތް ދޮވެލާނެ ފެންފޮދުވެސް ގެންނަން ޖެހުނީ ގެއިންނެވެ. ތިނަދޫ ފަދަ ތަހުޒީބު ވަމުން އަންނަ ރަށަކަށް ބަލާއިރު މުޅި އެ ވިޔަފާރީ ކުރުމަށް އޮތީ ވަރަށް ނާތަހުޒީބު އުސޫލުކެވެ. ނަމަވެސް އެންމެ އާދައިގެ ފަންތީގެ އެ ވިޔަފާރިވެރިން ތިބީ އެއްގޮތަކަށްވެސް ދޫ ދޭކަށްނޫނެވެ. އެ މީހުން ތިބީ ކޮންމެ ޙާލެއްގައި އެ ތަނުން އާމްދަނީ ހޯދާށެވެ. އެހެންކަމުން ބާ ޖިފުޓި ގަނޑެއްހެން ނަމަވެސް އެ މީހަކަށް ވީ ވަރަކުން ބޮލު ހިޔަލެއް ޖަހާ މަސައްކަތްތައް ހަށި ދަމާލިއެވެ. އަދި އެ ގޮތުގައި ދުވަސްތައް ހޭދަ ކުރަން ފެށިއެވެ.
ދުވަސްތައް އަހަރު ތަކަށް ބަދަލު ވަމަން ދެއެވެ. ގާޑިޔަ ހިނގާ ފަރާތްތަކުން ކިތަންމެ ޝަކުވާއެއް ކުރިޔަސް ޖެހުނީ ހަމަ އެގޮތުގައި ތިބޭށެވެ.

ގދ.ފަރެސްމާތޮޑާގައި ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގާޑިޔާއެއް
ތިނަދޫ ބަނދަރު މަތިން ގާޑިޔާ ވިޔަފާރި ފެށީއްސުރެ އެ މަސައްކަތް ކުރަމުން އަންނަ ފަރާތެއް ކަމުގައިވާ ޝަރީފް ބުނީ އެ މަސައްކަތަށް ކުރަނީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށާއި މިހެން މިކަން ކުރަން ޖެހުމުން ލިބެން ޖެހޭ އާމްދަނީ ވަރަށް ބޮޑަށްވެސް ކުޑަ ކަމަށެވެ.
” ޖާގައިގައިގެ ގޮތުން އެހާ ކުޑަ, ފެނާ ކަރަންޓް ފަދަ އަސާސީ ޚިދުމަތް ލިބެނީކީ ނޫން. ވާރޭ މޫސުމްތަކުގައި މުޅި މަގު މަތި އޮންނަނީ ފެންބޮޑުވެފައި. މިހެން ޙާލަތު ހުރުމުން ނަގާ ކުލި ވެސް ކުޑައެއްވެސް ނޫން” އޭނާ ބުންޏެވެ.
އެތަނުގައި ވިޔަފާރި ކުރަމުންދާ އެހެން މީހަކު ބުނީ ކުއްޔަށް ދޫކުރި ފަރާތްތަކާ ހެދިފައިވާ އެއްބަސްވުމާއި އެއް ބަޔަކު ޚިލާފުވެ ވިޔަފާރީ ކުރިޔަސް ކައުންސިލުން ރަނގަޅަށް މޮނިޓަރ ނުކުރެވުމުގެ ސަބަބުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ޝަކުވާ ކުރަންޖެހޭ ކަމަށާއި ސާފު ތާހިރު ކަމުގެ މިންގަނޑުން ބޭރުވާއިރުވެސް ފިޔަވަޅު ނާޅާ ކަމަށެވެ.
” އަދި ކޮބާ ކުއްޔަށް ހިފި ފަރާތުން އެ ތަންތަނާ އަޅާނުލާ އޮވެ ވީރާނާވެ ކުނި ގޮނޑަކަށް ވާއިރުވެސް އަޅައެއްނުލާ. މިއީ ރަށުގެ ބަނދަރުމަތި ވަރަށް ހަޑިވާ އެއްކަން. މި ކަން އެބަޖެހޭ ބަދަލުވާން” ނަން ހާމަ ކުރަން ބޭނުންނުވާ އެ މީހާ ބުންޏެވެ.
ތެދެކެވެ. އެތަނުގެ ޙާލަތު ވަރަށް ދަށެވެ. ޒަމާނަށް ފެތޭ އެއްވެސްކަމެއް ނެތެވެ. އެ އުސޫލުތައް ވެސް މުޅިން ގޯސްކަމަށް ރައްޔިތުންގެ އިތުރުން ގާޑިޔާ ވެރިންވެސް އެއްބަސް ވެއެވެ.
ތިނަދޫ ރައީސް ސަޢުދު އަލީ މިކަމުގައި ވިސްނުން ތަކެއް އެބަ ގެންގުޅުއްވަވެ. ރައީސްގެ ވިސްނުން ވަރަށް ގިނަ ފަހަރަށް ހުވަދޫ ނޫހުގެ ރިޕޯރޓަރުންނާ ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ސައުދު ވިދާޅުވީ ތިނަދޫގައި ގާޑިޔާ ވިޔަފާރި ހިންގާ ތަންތަން ޒަމާނަށް ބަދަލުކޮށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް އެމީހުން އެހެން ދިމާއަކަށް ބަދަލު ކުރަން ވިސްނަވާ ކަމަށާއި ރަނގަޅަށް, ރީއްޗަށް ހެދިފައިވާ ތަނަކަށް އެ ސަރަހައްދު ހެދުމުގެ މަސައްކަތް ލަސް ނުކޮށް ފަށާނެކަމަށެވެ.
ތިނަދޫ ކައުންސިލްގެ މިވިސްނުމުގައި ވީހާވެސް އަވަހަށް ޙަޤީޤީ ކުލަޖެހިގެން ދިޔުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމަ ޔަޤީނުންވެސް ގާޑިޔާ ނަމުގައި ކުރަމުންދާ ވިޔަފާރިއަށް އަންނާނެ ހެޔޮ ބަދަލެކެވެ.
ކުރިޔަށް އޮތް ރަމަޟާން މަހުގެ ކުރިން މި ބަދަލު ފެނުން ވެގެންދާނީ އާކައުންސިލްގެ މި ދައުރުގެ މެމްބަރުން ކުރައްވަމުންދާ މަސައްކަތުގެ ޗޭނަށް އިތުރުވާ ބޮޅަކަށްކަން ޔަޤީނެވެ.
ތިގޮތަށް ނޫސްވެރިކަން ކުރަންވީ. ޒަމާނީ ޚިޔާލާއި ކަންކަން ހައްލު ކުރަން ހިއްވަރު ދޭންވީ
ތިތަން ތިހިރީ ސިޓީއެއްގައި ގާޑިއާތަށް ހުންނަން ޖެހޭގޮތަށް އެގިއްޖެތަ
ގާޑިޔާ ވިޔަފާރި އެކަންޏެއް ނޫން. ހުރިހާ ތަނެއްވެސް ޒަމާނަށް ފިޓު ކުރަންވީ. ސައުދު ވެސް އެބަ ޖެހޭ ޒަމާނަށް ފިޓްވާންް
އަހުތަރު ތިކިރާ ބުރަމަސައްކަތަށް ފައްފަށުން ޝުކުރު
ގުޑު ޖޮބު ހައުތަރު
ތިނަދޫގަ އުޅޭ ބިދޭސީންނާ ބެހޭ ރިޕޯޓެއް ތިގޮތަށް ގެނެސްދީބަލަ
ސިޓީއަކުން ލިބޭ ހުރިހާ ހިދުމަތެއް ތިނަދޫއިން އެބަލިބޭ ކޮންކަމަކާތަ ތެޅިފޮޅެނީ
ތިނަދޫ ގާޑިޔާ މިއައް ވުރެ ތަރައްގީ ވާންވެއްޖެ.
ގާޑިޔާތަށް މުޑުދާރުވަނީ އެތަނަށް ހިދުމަތް ހޯދަން ދާމީހުންގެ ސަބަބުން. އެހެންތާވާނީ ގާޑިޔަލަށް މޮޅު ބިލަތްގަނޑެއް ދުފާލަން ގޮސް ނިންމާފަ ރަތް ކުޅު އެޖަހަނީ އެއާކޯނު ކޮއްފަ ހުރި ގާޑިޔާތަކުގެ ޓައިލްސްމައްޗަށްވީއްޔާ. ކައުންސިލުން ތިކަމުގާ ކުރާނެކަމެއް ނެތް
ކައުންސިލަރުން މިއުޅޭގޮތުން ލަދުން ބޯހަލާކު. އެކަކު ލޮލަށް ނިދި ނައިސްގެން އެއުޅޭނީ މޭޔަރެއްގެ ލަގަބާއި މުސާރަ ނުލިބިގެން
ގާޑިޔާތަކުން ޓާޝަރީ ފެނަވަރުގެ ހިދުމަތް މިހާރުވެސް ލިބެމުންދާނެ އޮޅިވަޑައިގެން ނޫޅުއްވާ
މޭޔަރު ސައުދު އަލީ ބުނީ ރަށު ރައްޔިތުން ތިމަންނާއަށް އެއްބާރުލުމެއް ނުދެޔޯ