ޚަބަރު
ކޮވިޑް ބަލީގައި މިއަދު ދެމީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ދެމީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކޮވިޑް ބަލީގައި ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 279 ވަނަ މީހާއެވެ.

އޭގެ އިތުރުން ކޮވިޑް ބަލީގައި އެޑްމިޓްކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެމީހާ ނިޔާވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ މިއަދު މެންދުރު 02:03 ގައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 280 އަށް އަރާފައެވެ.

މިމަހުގެ މިހާތަނަށް ކޮވިޑް ބަލީގައި 3 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 143،202 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 125،190 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ބަލީގައި އެޑްމިޓްކޮށްގެން މިވަގުތު 62 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!