ދިވެހިރާއްޖެ އަށް ހިތްތިރި ހިތްހެޔޮ ވެރިޔަކު ލިބިފައިވާ ކަމުގެ ޔަގީންކަން ރައްޔިތުންވެސް ބުނަން ފަށައިފި ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، ގައުމު ބިނާކުރުމުގައި އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާ ކުރާ އެދުރުން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެެވެ.
އެގޮތުން އަންނަ މަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ގޮތް ދޫނުކުރާ ބޯހަރު ވެރިއެއް ތިނަދޫ ރައްޔިތުން ވަނީ ހޮވާފަ ރަށުކައުންސިލްގެ ރައީސްގެ ގޮނޑީގަ ބައިންދާފައެވެ. އޭނާއަށް ބައެއް މީހުން ރޯނު އެދުރޭވެސް މިހާރު ކިޔާއުޅޭ. ޕާޓީ މީހުންވެސް އެއުޅެނީ އޭނާ ހޮވުނު މޮޔަހިތަށް އަރައިގެންނެވެ. ޕާޓީތެރެ ފިތުނަފަސާދަކޮއްފި ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ
ތަން ގޮންޑާ ލެބީއްކުން ވަރިހަމައި
ހިތުން މޭޔަރު ޑޮކްޓާރު އަލްއުސްތާޒު ސައުދު އަލީ އެހެން ދެއްތޯ
ރަށުން ބޭރުނމީހުންނަށް ގޯތި ދީގެން ތިނަދޫ ސިޓީއަކަށް ހަދައިގެން އޭތި ކަރުގަ އެލުވައިގެން ކަލޭ އޮވޭ ކަލޭ ދައްކާވާހަކަ އަޑުއަހާނެ ބައެއް ތިނަދޫއަކު މިހާރަކު ނުތިބޭނެ. ތިކަހަލަ ކިތެންމެ ބޮޑިއެއްބޯނެ. ވަރަށް ވެދުމާއިސަލާމެވެ
ތިނަދޫ އެމްޑީޕީ ލީޑާޝިޕް ފެއިލް ވެއްޖެ. ބުއްދި ހަމަނުޖެހޭ އެންމެ މީހަކާހުރެ އެމްޑީޕީ ބައިބައި ވެއްޖެ. އެމްޑީޕީ ގުރާސްރޫޓޫން މިކަމާ ކުރެވޭނެކަމެއްނެތް. ތިނަދޫ އެމްޑީޕީ ލީޑާޝިޕް އޮތީ ގަދަ ނިދީގަ ނިދާފަ. ހަމަހޭ ޖެހިގެން ލީޑާޝިޕުން ގުރާސްރޫޓު ކައިރިއަށް ވޯޓު ހޯދަން އަންނައިރު އޮންނާނީ ވަގުތު ފާއިތުވެފަ.
އޯަޓިޒަމް ކުދިންނަށް އެންމެންގެ އެހީތެރިކަން ބޭނުންވާނެ އަހަރުމެންގެ ސައުދު އަލީއަކީވެސް އެންމެންގެ އެހީތެރިކަން ބޭނުންވާ ކުއްޖެ.