ރިޕޯޓް
ތިނަދޫއިން މީހުން ބޭލުން: އެއަސަރު، އެހިތްދަތިކަން، އެވޭން، އެކަރުނަ، އެހިތިހަނދާން އަދިވެސް ވަކިވެ ނުދޭ!

ތިނަދޫއިން މީހުން ބޭލި ހިތްދަތި ދުވަސް ކަމުގައިވާ 4 ފެބްރުއަރީ 1962 އަކީ ތިނަދޫގެ ރައްޔިތުންގެ ހިތުން ދުވަހަކުވެސް ނެތިގެން ދާނޭ ދުވަހެއް ނޫނެވެ.  ތިނަދޫ އިން މީހުން ބޭލި ހާދިސާއަށް މިއަދަށް 60 އަހަރު ފުރުނީއެވެ. ނަމަވެސް އެއަސަރު، އެހިތްދަތިކަން، އެވޭން އެކަރުނަ އެހިތި ހަނދާން ތިނަދޫ ރައްޔިތުންގެ ހިތުން އަދިވެސް ވަކިވެގެން ނުދެއެވެ. ތިނަދޫއަށް އުފަން އެތަކެއް ދަރީންގެ ކަންފަތަށް މިހާރުވެސް އެޙާދިޘާގެ އަޑު އިވޭފަދައެވެ.

އުފަލާ ހިތްހަމަޖެހުމާއެކު ފުދުންތެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް، ކަނޑުފޭރޭ ބަޔަކު ފަދައިން އައިސް، މުދާކޮޅު ފޭރި، ކުށެއް ނެތް ރައްޔިތުން ބިކަހާލުގައި ޖައްސައި ނިކަމެތިކޮށް، އަޚުންނާއި އުޚުތުން މަރައި، މުޅި ގެދޮރު އަންދާ އަޅިއަށް ހަދާލީ، ކޮން ކުށެއް ކޮށްގެންތޯ ކެނޑި ނޭޅި ހިތާ ހިތުން ސުވާލު ކުރވެއެވެ. ހަޤީޤަތުގައިވެސް ރަޙުމުގެ ކަންފުޅެއްވެސް ނެތީއެވެ. ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން ލާޒިމްކުރާވާ ފަރާތުން އާދެ، ދިވެހި ދައުލަތުން ރަށެއްގެ ރައްޔިތުންގެ ދިރިއުޅުން ސުންނާފަތި ކޮށްލުމަކީ، ދުވަހަކުވެސް މަޢާފު ދެވޭނެ ކަމެއް ނޫނެވެ.

އެހިތި ހަނދާންތައް ރޯކޮށްހުރި ޒަޚަމެއް ފަދައިން ހިތުގައި މިއަދުވެސް ބިންވަޅު ނެގިފައިވެއެވެ. އެހިތްދަތި އިހްސާސްތަށް ހިތަށް ވެރިވުމުން، އެކަން ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ ލޮލުން މިއަދުވެސް ކަރުނަ ފޫއްދާލައެވެ.

“އެއަސަރު، އެހިތްދަތިކަން، އެވޭން، އެކަރުނަ، އެހިތިހަނދާން އަދިވެސް ވަކިވެ ނުދޭ. އެ ހާދިޘާ އަޑުއިވޭ ކޮންމެ ހިނދަކު ހިތާއި ލަގޮނޑި ކުދިކުދި ވޭ. ހިފެހެއްޓުމަށްނެތި ލޯ ފުރިގެން އޮހެނީ ހޫނުހޫނު ކަރުނަ. އެންމެ އަހަރެއްގެ ތެރޭ އަނިޔާވެރި ޖަލެއްގެ ތޭރިތަކުގެ ތެރޭ މަރާލި ޢާއިލާގެ ހަނދާން އާވުމުން” — ރަޝީދާ އިބްރާހިމް

މިހާދިސާ އަމިއްލަޔަށް ތަޖުރިބާ ކޮށްފައިވާ މީހެއް ކަމުގައިވާ ރަޝީދާ މިސް ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ވަޒަނާ ވަކިވެ އުޅެން ޖެހުނު ނިކަމެތި ހާލު ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. ޝަރުޢި ހުކުމެއް ނެތި އެންމެ ލޯބިވާ ބައްޕާފުޅާއި މުޅި އާއިލާއަށް ދެވުނު ރަޙުމުނެތް އަނިޔާ ހަނދާން ނައްތާލެވޭނި ކިހިނެއްހެއްޔެވެ؟ މިހުރިހާ ލާއިންސާނީ ޖަރީމާއެއް ހިންގުމަށް ފަހުވެސް،  މިއަދާ ޖެހެންދެންވެސް އެންމެ ނުބައި މީހުން އުޅޭ ރަށެއްގެ ގޮތުގައި ގދ. ތިނަދޫ މީހުން މަޝްހޫރު ކުރުވާފައެވެ. މިއީ ފޮހެލެވެން ދަތި އަސަރެކެވެ.

ރަޝީދާ އިބްރާހިމްގެ ފޭސްބުކް ޕޯސްޓެއް

ތިނަދޫން މީހުން ބޭލި އިރު ތިނަދޫ މީހުންގެ ދިރިއުޅުން:

ތިނަދޫ މީހުންނަކީ 1960 ގެ އަހަރުތަކުގައިވެސް، ވެރިކަން ކުރާ މާލެއަށް ބަރޯސާ ނުވެ އަމިއްލަ މަސައްކަތުން ފުދުންތެރި ދިރިއުޅުމެއް އުޅެފައިވާ ބަޔެކެވެ. އަމިއްލަ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ ބޭނުންތަކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިގެން އުޅުނު ބަޔަކެވެ. ދިވެހި ދައުލަތަށްވުރެ ކުރިއަރާފައިވާ ރައްޔިތުންތަކެއް ތިނަދޫގައި ތިބުމަކީ، ދިވެހި ދައުލަތަށް އޭރު ބަލައިގަންނަށް އުދަނގޫވެ، ތިނަދޫ ސުންނާފަތިކޮށް، ރައްޔިތުންގެ މުޅިމުދާ ފޭރިގަތުމުގެ ސަބަބެއްގެ ގޮތުގައި ބެލެވެއެވެ.

ފުދުންތެރިކަމާއެކު، ރައްޔިތުން ދިރިއުޅެމުންދިޔަ ދިރިއުޅުމަށް ދައުލަތުން އަތްގަދަ ކުރިއެވެ. ހުރަސްތަކެއް ކުރިމަތިކޮށް، އައްޑު އަތޮޅާއި، ހުވަދު އަތޮޅުން ރާއްޖެއިން ބޭރަށް ބޭރުކުރަމުން އައި ހިކި ކަނޑުމަހުގެ ތިންބައިކުޅަ އެއްބައި، ސަރުކާރަށް ނަގަން ނިންމައި، ހަނޑޫ، ހަކުރު، ފުށްފަދަ ކާޑުގެ ބާވަތްތައް ގެނައުން ސަރުކާރަށް ނެންގެވުމަކީ ދެކުނުގައި  ވިޔަފާރި ހަލާކު ކޮށްލުމަށް ސަރުކާރުން ފުރަތަމަ ކުޅުނު ގޭމެވެ. ދެކުނުގެ ބަޣާވާތާއި، ވަކި ދައުލަތެއް އުފެދުމުގެ ހަޤީޤީ ސަބަބަކީ ދެކުނުގެ ވިޔަފާރި ހަލާކުކޮށްލުމަށް ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ތިނަދޫން މީހުން ބޭލުން:

ތިނަދޫން މީހުން ބޭލުން ވެގެން ގޮސްފައިވަނީ މުޅި ހުވަދު އަތޮޅުގެ އިޤްތިސާދީ ނާރެސް ފުޑި މުޅި ހުވަދު އަތޮޅު އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ ހާދިސާ އަށެވެ. ތިނަދޫން މީހުން ބޭލި ހާދިސާ އާއި ގުޅިގެން، ތިނަދޫގެ މުޅި އާބާދީ އަތޮޅާއި ދިއްވެހި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސި ވިހާލިވެގެން ދިޔައެވެ. އެތަކެއް އާއިލާއެއް ވަންނާނެ ބޯހިޔަލެއް ނެތި ބަނޑުހާ ހޫނުކަމުގައި ފަޅު ރަށްރަށުގައި ދިރިއުޅެން ޖެހުނެވެ. ދެލޮލުގެ ނޫރުފަދަ ތުއްތު ކުޑަކުދިން ބަނޑުހައި ހޫނުކަމުގައި ފަހުނޭވާ ދޫކޮށްލާ މަންޒަރު މައިންބަފައިން ދެކެން މަޖުބޫރުވީ ދެފަޅިވެފައިވާ ހިތަކާއިގެންނެވެ.

ތިނަދޫން މީހުން ބޭލި ހާދިސާއަކީ ދައުލަތަކުން މިހާތަނަށް ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ އެންމެ ބޮޑު ލާއިންސާނީ އަނިޔާއަށް ނުބެލެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

ތިނަދޫ އަލުން އާބާދުވުން:

ތިނަދޫ ދެވަނަ ފަހަރަށް އަލުން އާބާދުވެ، މުޅި އަތޮޅުގެ އެންމެ އާބާދީ ބޮޑު، އެންމެ ތަރައްޤީ ރަށަށް ބަދަލުވެފައި ވުމީ، އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރު ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ. ތިނަދޫއަށް މިވަރުގެ ބޮޑު ކުރިއެރުމެއް ލިބިގެން ދިޔުމުގެ ސިއްރަކީ، ތިނަދޫ އަށް ނިސްބަތްކޮށް ކިޔާ “ފެންމީރުވި ރީތި ރަށޭމީ، ރޫހު ވަނީ ތިނަދޫގައޭ” މިލަވައިގައިވާ ތިނަދޫ ރައްޔިތުންގެ އެކުލުންތެރިކަމާއި، ރަށުގެ ތައްރައްޤީއާއި ކުރިއެރުމަށް ރައްޔިތުންގެ ހިތުގައި އުފެދިފައިވީ ރޫޙެވެ.

މިރޫހު ތިނަދޫ ދަރިންގެ ހިތްތަކުގައި އާލާކޮށް، ފަހުގެ ޖީލުތަކަށް ފޯރުކޮށްދޭން ޖެހެއެވެ. ހެދިހާ ގޮތަކަށް ރުހި ޤަބޫލުވެގެން، އެއީ ހައްޤުމިންވަރު ކަމަށް ދެކިގެން، އަނިޔާވެރިކަމާއި ނާއިންސާފަށް ބޯލަބައިގެން ތިބެގެން ނުވާނެކަން އަހަރަމެންގެ ކާބަފައިން ވަނީ އަމަލުން ދައްކާފައެވެ.

އަދުގެ ހަޤީޤަތް:

ހަޤީޤަތަކީ 1960 ގައި މިހުވަދު އަތޮޅު ކުރިއަރާފައިވާ މިންވަރަށް އަދިވެސް ކުރިއެރުމެއް ލިބިފައި ނުވާކަމެވެ. ސަރުކާރުތަކުން އެމަގުން މަގު ފަހިކޮށްފައި ނުވާކަމެވެ. އަދިވެސް، ހުވަދު އަތޮޅުން ރާއްޖެއިން ބޭރަށް ދަތުރުކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވެއެވެ. ބައިނަލް އަޤުވާމީ އެއާޕޯޓެއް ވަރުވެސް މިހުވަދު އަތޮޅުގައި ނެތެވެ.

ހުވަދު އަތޮޅު ތަރައްޤީ ކުރެވުން އޮތީ ބޭރުޤައުމުތަކާއި އެކު ވިޔަފާރި ކުރުމަށް ފުރުޞަތު ތައް ހުޅުވާލެވިގެންނެވެ. ހުރިހާ ކަމެއް މައި ސަރުކާރަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރެވިގެންނެވެ. ނަމެއްގައި، ތިނަދޫން މީހުން ބޭލި ހާދިސާއަށް އިންސާފު ހޯދުމަށް ޝަރީއަތްތަކެއް ހިންގިނަމަވެސް، ލިބުނު ގެއްލުމެ ބަދަލެއްވެސް އަދި އިންސާފެއްވެސް ލިބޭނެ ކަމާއި މެދު މާބޮޑު އުއްމީދެއް ނެތެވެ.

ތިނަދޫން މީހުން ބޭލި ހާދިސާ އާއި ތިނަދޫ ދެވަނަ ފަނަހަރަށް އާބާދުވި ހާދިސާ ފާހަގަކުރުމަށް ތަފާތު ކުލަކުލައިގެ ބޮކިތައް ދިއްލައިގެން  ތަފާތު ޖަލްސާތައް ބާއްވައި، “ރަޓާ ލެބީއްކުން ވަރިހަމަ” (ރަށް ލިބިއްޖެއެއްނު ވަރިހަމަ) ނަމުގައި ޅެން ހަދައިގެން ތަމްޞީލު ކުޅުމަކުން، ތިނަދޫ ރައްޔިތުންނަށް ކުރިމަތިވި އިޖުތިމާޢީ، އިޤްތިސާދީ، ނަފުސާނީ އަދި ޖިސްމާނީ އަނިޔާގެ ބަދަލެއް ނުލިބެއެވެ. ނުވަތަ ވެލާނާ ބިލްޑިންގެ ނަމެއް ތިނަދޫ ވެލާނާ ބިލްޑިންގ އަށް ބަދަލުވުމަކުންވެސް ލިބޭ މަންފާއެއް ނެތެވެ.

ތިނަދޫގެ ހޯދާފައިވާ ކުރިއެރުމުގެ މައިގަނޑު ސިއްރަކީ، ތަރައްޤީއާއި ކުރިއެރުން ހޯދުމަށް ތިނަދޫ ރައްޔިތުމީހާ ހިތުގައި ބިންވަޅު ނެގިފައިވީ ހިތްވަރެވެ. ވެއްޓުމުން ތެދުވެ، ކުރިން ހުރި ހާލަތަށް އަބުރާ ރުޖޫޢު ވުމަށް ކުރި ހިތްވަރެވެ. ތިނަދޫ ރައްޔިތުންގެ އިޖުތިމާއި ގުޅުމުގެ ނަމޫނާއެވެ. ފެންމީރުވި ރީތި ރަށޭމީ، ރޫޙު ވަނީ ތިނަދޫ ލަވައިގައި އެބުނާ ރޫހެވެ. މިރޫޙު އަލުން އާކުރުމަކީ ވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

މިއަދަކީ ތިނަދޫން މީހުން ބޭލިތާ 60 އަހަރު ފުރޭ އަހަރަށް ވާއިރު، އަދިވެސް ބުނެލެވޭނީ، އިއްޔެ ހިގި ކަމެއް ފަދައިން، އެއަސަރު، އެހިތްދަތިކަން، އެވޭން، އެކަރުނަ، އެހިތިހަނދާން ތިނަދޫ ބިމުންއަދިވެސް ވަކިވެ ނުދެއެވެ.

  1. ސައީދު

    އެއަސަރު، އެހިތްދަތިކަން، އެވޭން، އެކަރުނަ، އެހިތްދަތި ހަދާނަށްވުރެ މިހާރު ތިނަދޫ ރައްޔިތުން ހޭދަކިރަމުން މިދަނީ މާހިތްދަތި ދުވަސްވަރެކެވެ. އެމްޑީޕީ ތިނަދޫ ލީޑާޝިޕަށް އެޅުނު ޅައެއްޗެއްގެ ސަބަބުން ރަށުގެ ވެެރިއަކަށް ކުފޫ ހަމަނުވާ މީހެއް ހޮވީމާ އުޅެން މިޖެހޭ ހިތްދަތިކަން މާބޮޑެވެ