ވިޔަފާރި
ރޯދަމަހާ ދިމާކޮށް، ކުދި ވިޔަފާރިތަކަށް އެސްޓީއޯ ސްޕަރ މާޓުގައި ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖައްސަނީ

މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ކުދި ވިޔަފާރިތަކަށް އެސްޓީއޯ ސްޕަރ މާޓުގައި ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ރޯދައަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން ބޭނުންވަނީ ކުދި ވިޔަފާރިތަކާއި އެކީގައި މަސައްކަތްކުރުމަށް ކަމަށެވެ. އެގޮތުން އެސްޓީއޯ ސްޕާމާޓު ބޮޑުކޮށް އެތަނުގައި ކުދި ވިޔަފާރިތަކުން ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

“މިފަހަރު ރޯދައަށް އެންމެ ބޮޑު ކަމަކަށް މި ކުރާ ކަމަކީ، އާއްމު ކުދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެސްޓީއޯގެ ޓްރޭޑު ސެންޓަރުގައި ހުންނަ ސުޕާ މާޓު އިތުރަށް ބޮޑު ކުރަމުން މިދަނީ، މަރޗުމަސް ތެރޭ އެތަން ހުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ” — އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިކަމާއި ގުޅޭގޮތުން މިހާރުވެސް ކުދި ވިޔަފާރިތަކާއެކު ވާހަކަދެކެވެމުންދާކަމަށެވެ. އަދި އުއްމީދަކީ މި ގެންނަ ބަދަލާއެކު ކުދި ވިޔަފާރިތަކަށް ތަނަވަސް ފުރުސަތުތަކެއް ފަހިވެގެން ދިޔުން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މި އަހަރުގެ ރޯދަމަސް ފެށެން ގާތްގަނޑަށް 56 ދުވަހަށް ވެފައިވާއިރު، ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް އެސްޓީއޯއިން ދުރާލާ ގިނަ ތައްޔާރީތަކެއްވެއެވެ. އެގޮތުން ރޯދަމަހާއި ދިމާކޮށް އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތައް ކަމަށްވާ، ފިޔާ، ބިސް އަދި އެލުވީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!