ޚަބަރު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވީހާވެސް ހެނދުނު ވޯޓުލާ ނިންމުމަށް ޕީޕީއެމް އިން އެދިއްޖެ

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވީހާވެސް ހެނދުނު ވޯޓުލާ ނިންމުމަށް ޕީޕީއެމްގެ މެންބަރުންނަށް އެ ޕާޓީއިން ގޮވާލައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާ ހެނދުނު 8 ޖަހާއިރު ވޯޓުލާން ފެށޭއިރު އެ ޕާޓީގެ ހުރިހާ ސަޕޯޓަރުން ވެސް މެންދުރު 12 ގެ ކުރިން ވޯޓުލާ ނިންމުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންނަށް ވޯޓުލާ، ރައްޔިތުންނާއި ޕާޓީގެ ހުރިހާ ބޭފުޅުންވެސް ވީހާވެސް އަވަހަކަށް ކިއުއަށް ވަޑައިގެން ވޯޓު ލުމުގެ ކަންކަން ނިންމެވުން. އަޅުގަނޑުމެން އެދެނީ މާދަމާ ހެނދުނު ވީހާވެސް އަވަހަކަށް 8:00 ޖަހާއިރު ވޯޓުލުން ފެށޭއިރު، މެންދުރު 12:00ގެ ކުރިން އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން، ނުވަތަ ޕާޓީގެ ހުރިހާ ބޭފުޅުންވެސް ވޯޓުލާ ނިންމަވަން،” — ހީނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމް އާއި އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު 3،309 މީހަކަށް ލިބިގެންވެ އެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!