ގއ ކޮލަމާފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް، އެމަސައްކަތުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށު ކައުންސިލާއި، ކޭބަލް ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން އެރަށުގެ ފުލުހުންނާއި ބައްދަލު ކުރައްވައިފިއެވެ.
ކޮލަމާފުށީ ކައުންސިލާއި އާރްޑީސީއިން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ތައްޔާރީތައް ވުމަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ފުލުހުންނާއި، ފެނަކަ ކޯޕަރޭޝަން ކޮލަމާފުށީ ބްރާންޗާއި، ކޭބަލް ހިދުމަތްދޭ ކުންފުނިތަކާއެކު ބޭއްވުނު ބައްދަލުވުމުގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެފަރާތްތަކުން ބޭނުންވާ އެއްބާރުލުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެރަށު ފުލުހުންނާއި، ފެނަކަ އަދި ކޭބަލް ހިދުމަތްދޭ ކުންފުނިތަކާއެކު އާރްޑީސީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކޮލަމާފުށީ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަމަހުގެ ހަވަނަ ދުވަހުގައެވެ. އެގޮތުން މިހާރު އެރަށުގައި މަގުހެދުމުގެ ގޮތުން ކުރަންޖެހޭ ސަރވޭތައް ކުރުމުގެ މަސައްކަތް އާރްޑީސީއިން ދަނީ ކުރަމުންނެވެ.
ގއ.ކޮލަމާފުށި މަގުހެދުމުގެ މަސައްކަތް ފެށުމަށްޓަކާ އާރުޑީސީ އާއި އެރަށު ކައުންސިލާ އެކު ބާއްވާ ބައްދަލުވުން ކުރިއަށްދަނީ.
#ޓީމްއާރުޑީސީ pic.twitter.com/2HrGLp4RxA— Road Development Corporation Ltd (@rdcmaldives) February 4, 2022