މަޢުލޫމާތު
ޒަމާނުގެ ކުރިއެރުމާއިއެކު ދިވެހީންގެ ރީތި ގުޅުން ބަދަލު ވެއްޖެ

ހަނދާނުގެ ސޮފުހާތަކަށް އަންނަނީ ދިވެހިންގެ ތެރޭގައި އޮތް އަޙްވަންތަކަމުގެ ގުޅުމަށެވެ. ކަމަކަށް ބޭނުންވެއްޖެ ހިނދު އެހީގެ އަތްތައް ކިތަންމެހާވެސް ގިނައެވެ. އެއްބަޔަކު އަނެއްބަޔަކަށްދޭ ސަދަޤާތުގެ ހިނިތުންވުމެވެ. ދިވެހީންގެ މެދުގައި އޮތް ދީނީ އާދައެވެ. ބަލައި ފޫހިނުވި ފުރިހަމަ ސަޤާފަތްތަކެވެ. ނަމަވެސް ދިވެހިންގެ ތެރެއަށް އުފަންވި ޒަމާނުގެ ވަސީލަތްތަކާއިއެކު ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ކުލަ ފަނޑުވެއްޖެއެވެ. ތަޢާރަފްވި ގިނަގުނަ ފަސޭހަ މުއާސަލާތްތަކުންނެވެ.

މިއަދު މަގުތަކުންނާއި، ގޭގެ ޖޯލިތަކުންނާއި، ގޭގެ ސިޓިންރޫމްތަކުން ފެންނަމުންދަނީ މި ކިޔާ ” ސްމާޓްފޯން” ތަކުގެ އަވައިގައި ޖެހިފައިވާ ތަނެވެ. އެކުގައި ހީސަމާސާކޮށް އުޅުނު ރީތި މަންޒަރު ކޮބައި ހެއްޔެވެ؟ މައިންބަފައިންވެސް ދަރިންވެސް މެއެވެ. ސޯޝިއަލްމީޑިޔާގައި ކޮންމެވެސް ސްޓޯރީއެއް އަޕްޑޭޓް ކުރުމުގައެވެ. އެކިމީހުންނާއި ޗެޓްކޮށް ފަޅުކަން ފިލުވައިލުމުގައެވެ. މިއަދު ކޮފީއަކަށް އަރައިފިކަމުގައި ވިޔަސް ކައިރީގައި އިންނަ މީހާއަކީ ނެތް މީހެއް ފަދައެވެ. ދައްކާ ވާހަކައެއް ނެތެވެ. ހާލެއް ބެލުމެއް ނެތެވެ.

އާއިލާގެ އެންމެން ކައްކައި އެއްވާ އެއްވުން ހަނދާނަށް އާދެއެވެ. ކަމަކާއިމެދު މަޝްވަރާއެއް ކުރިއަސް އަދި ކަމަކާއިމެދު ގޮތެއް ނިންމިއަސް ނިންމާނީ މިފަދަ އެއްވުންތަކުންނެވެ. ނަމަވެސް މިއަދު އާއިލާގެ މީހަކަށް ކަމެއް ވާކަމެއްވެސް ގިނަފަހަރު ނޭގެއޭ ބުނުމަކީ ދޮގަކަށް ނުވާނެވެ. ގިނަ އާއިލާއަކުންވެސް މަސައްކައްކުރަނީ އާއިލީ އެއްވުންތަކާއި ދުރުވެ އެމީހަކު ކެއްކި އެއްޗެއް ވައިބާރުން ނުވަތަ އެނޫންވެސް ޕްލެޓްފޯރމްއަކުން ފޮޓޯ ފޮނުވާލުމަށެވެ. ފަހަރުގައި މިކަމަކީ އެއިގެ ރަހަ ލިބޭކަމެއް ކަމުގައިވެސް ވެދާނެވެ. ހޮޅުއަށީގެ މަންޒަރުތައްވެސް މިފަދައެވެ. ޖޯޝާއި ފޯރީގައި ހޮޅުއަށީގައި ހޭދަކުރި ވަޤުތުތައް މިއަދަކު ފެންނާކަށް ނެތެވެ. އެއިގެ ބަދަލުގައި ވީޑީއޯ ކޯލަކުން ފުދެއެވެ.

ހިތާމައިގެ ދަނޑިވަޅު ތަކުގައި ދިވެހިންގެ ދެއްކި ނަމޫނާ އަކީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ނަމަވެސް މިއަދު ރައްޓެއްސަކު ނުވަތަ ތިމާގެ މީހަކު ބަލިވެއްޖެކަމުގައި ވަނީނަމަ “ގެޓްވެލް ސޫން” އިން ފުދެއެއެވެ. މީހެއްގެ މަރުގެ ހަބަރާއިއެކު ފޭސްބުކް ގައި އަދާކޮށްލާ “ސްޓޭޓަސް” އަކުން ނިމުނީއެވެ. ނުވަތަ ޕްރޮފައިލް ކަޅުފޮތިގަނޑަކުން ނިވާކޮށްލީމަ ފުދެއެވެ. އެމީހެއްގެ ޖަނާޒާއަކަށް ދިޔުމެއް ނެތެވެ. ނުވަތަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމެއްވެސް ނެތެވެ.

ދިވެހިވަންތަ ކެއުމަކީ ދިވެހިން ޒަމާނުއްސުރެ ލޯބިކުރާ ކެއުމެކެވެ. ނަމަވެސް އަދުގެ ކުރިއެރުމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ބޭރުގެ ކެއުންތައް ގިނަވެއްޖެއެވެ. މީހަކަށް ހަދިޔާއެއް ދިން ކަމުގައި ވިޔަސް އޮންލައިން ކޮށް އޯޑަރ ކޮށް އެ ފޮނުވަންވީ ތާކަށް ފޮނުވާލައި ކަންފަސޭހަކޮށްލެވެ. ނަތީޖާއަކީ މީހުން ބައްދަލުނުވެ އޮންނަންވީ އެކުވެރިކަމާއި ހެޔޮ ނިޔަތް ނޭގެއެވެ. އަދި ކަންފަސޭހަކޮށްލެވި ދިވެހިން ކަންނެތްވެއްޖެއެވެ. އަތުން މަސައްކަތެއް ކުރަން ނޭގޭތާ މީހުންނަށް ހަސަދަވެރިވެސް ވަނީއެވެ. ހިތްނުބައިވެސް ވަނީއެވެ.

ކޮންމެއަކަސް ދިވެހިންގެ ގުޅުމުގައި ރެދުލައިފިކަމީ އެންމެންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. އައި ކުރިއެރުމުގެ ތެރެއިންވެސް މަސައްކަތްކުރަންވީ މި ގުޅުން ވަރުގަދަކުރުމަށެވެ. ހެޔޮ ނިޔަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!