ޚަބަރު
ތިނަދޫ މަގުތައް ހަދައި ނިމުމުން، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ – އާރްޑީސީ

ގދ ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިގެންދާއިރު، މަގުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ފެންބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު ރަޝީދު(ދޮންކޮޅު) ހުވަދޫ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެއްޖެއެވެ.

ތިނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ރޯމެޓީރިއަލްސް މިހާރު ތިނަދޫއަށް ގެނެސްފައިވާއިރު، އަހުމަދު ވިދާޅުވީ މިމަސައްކަތުގެ ދަށުން ތިނަދޫގެ 15 މަގެއްގައި ތާރު އެޅިގެންދާނެ ކަމަށާއި، މަސައްކަތް ނިމިގެންދާއިރު ތިނަދޫގައި ދިމާވެފައިވާ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިމަސައްކަތަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާއި ހަވާލުކޮށްގެން ގެންދާ މަޝްރޫއުއެކެވެ. 78.80 މިލިއަން ރުފިޔާގެ މިމަޝްރޫއުގައި މިނިސްޓްރީއިން އާރްޑީސީއާއެކު ސޮއިކޮށްފައިވަނީ 8 އޭޕްރީލް 2021 ގައެވެ.

މިމަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން 15 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ސައިޑްވޯކް ހެދުމާއި، ސްޕީޑް ބްރޭކަރާއި މަގުމަތީގެ ބޭނުންކުރާ އެކި ސައިންތައް ހެދުމާއި، މަގުބައްތި ހަރުކުރުމާއި، މިހާރު ތާރު އަޅާަފައިވާ މަގުތަކުގައި ޒިބްރާ ކްރޮސިްގ ހެދުމުގެ އިތުރުން ޒިބްރާ ކްރޮސިންގ ކުރެހުމަށް ނިންމާފައިވެއެވެ.

އާރްޑީސީއިން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ހުވަދު އަތޮޅުގެ ދެރަށެއްގައި މަގުހެދުމުގެ މަޝްރޫއު ފެށުމަށް މިހާރުވަނީ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައެވެ. އެގޮތުން ގއ ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތަށް މިހާރު ގެންދަނީ ސަރވޭގެ މަސައްކަތް ކުރުމަށެވެ. ތިނަދޫގައިވެސް އަމަލީމަސައްކަތް ފަށައި މިހާރު ކުރިއަށްދަނީ ކަރބްސްޓޯން އެޅުމުގެ މަސައްކަތް ކަމަށް އާރްޑީސީގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!