ޚަބަރު
މި ދެދުވަހު މާލެއިންސާމްޕަލް ނުނަގާނެ

މިއަދާއި މާދަމާ މާލޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތަކުން ސާމްޕަލް ނަގާ ނުދޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެެވެ.

އެޗްޕީއޭއިން ބުނީ ޖުލައި 19 އަދި 20 ވަނަ ދުވަހަކީ ހައްޖު ދުވަހާއި އަދި އަޟްހާ އީދުގެ ފުރަތަމަ ދުވަސް ކަމަށް ވާތީވެ އެދެދުވަހު މާލޭ ސަރަހައްދުގުގައި ސާމްޕަލް ނަގާ ސެންޓަރުތައް ބަންދު ވާނެ ކަމަށެވެ.

ފްލޫ ކްލިނިކްތައް ދެދުވަހަށް ބަންދު ކުރާއިރު ކޮވިޑް-19 އަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއިއެކު ދެޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮވިޑް ޓެސްޓް ކުރުމަށް ފަހު ދަތުރު ކުރުމުގެ ހުއްދަދީފައި ވުމާއެކު ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ފްލޫ ކްލިނިކްތަކަށް ގޮސް ޓެސްޓް ކުރުމަށް ފަހު ރަށްތަކަށް ދަތުރު ކުރަމުންނެވެ.

މިހާރު ކޮވިޑް ސާމްޕަލް ނެގުން ކުރިއަށް ގެންދަނީ ސެނަހިޔާ ފްލޫ ކްލިނިކާއި، ހުޅުމާލޭ ފްލޫ ކްނިކާއި އަދި ވިލިމާލޭ ފްލޫ ކްލިނިކްގައެވެ.

ކޮވިޑް19 ގެ ޑައިރެކްޓް ކޮންޓެކްޓުންނާއި ކަރަންޓީން ނިންމަން ވެގެން ސާންޕަލް ނަގަން ޖެހޭ މީހުންގެ ސާންޕަލް ކުރިއަށް އޮތް ދެދުވަހު ނަގާނީ އާރްޓީޓީ ޓީމުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މާލޭ މަގުމަތީގައި މިހާރެކޭ އެއްގޮތައް އާރްޓީޓީ ޓީމްތައް ކުރިއަށް އޮތް ދެދުވަހު ހަރަކާތްތެރި ވާނެކަން ނުވަތަ ނޫންކަން އެޗްޕީއޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!