ޚަބަރު
އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ބޭނުނަމަށް ގޯތި ތަކެއް ނަގަނީ

އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމައްޗާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ގޯތިތައް  އެ ހޮސްޕިޓަލާ ގުޅުންހުރި ކަންކަމަށް ބިން ބޭނުން ކުރުމުގެ ގޮތުން ނަގަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެ ސަރަހައްދުން ދޫކޮށްފައިވާ 42 ބިމެއް ނެގުމަށް ނިންމާފާއިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ގޯތިތައް ނަގާ ފަރާތްތަކަށް ހަމަ އެވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ގޯތި ތަކެއް ހޮސްޕިޓަލް ސަރަހައްދާއި ކައިރިން ދޫކުރާނެ ކަމަށެވެ. އެގޮތުން ކުރިން 2400 އަކަފޫޓާއި 2500 އަކަ ފޫޓުގެ ގޯތި ލިބިފައި އޮތް މީހުންނަށް 3000 އަކަ ފޫޓުގެ ގޯއްޗެއް ދެވޭނެއެވެ.

“ގޯތިތައް ނަގަން ނިންމީ ހޮސްޕިޓަލާ ގުޅުންހުރި ކަަންކަމާއި އަދި އޭނޫން ވެސް އިޖުތިމާއީ ކަންކަމަށް ޖާގަ ދޭން. ދެން ހުރިހާ ރައްޔިތުން ވެސް ހިދުމަތް ހޯދަން ޖެހޭ ތަނަކަށްވާ އިރު ރަށްރަށުގެ ރައްޔިތުން ވެސް ހަމަ އައިސް މަޑުކޮށްލާނެ ތަންކޮޅެއް މި ސަރަހައްދުގައި ވަށައިގެން ނެތުމުގެ ސަބަބުން އެކަން ކަމަށް ފަސޭހަކޮށް އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހަދަން ވާއިރަށް އެކަންކަން ކުރެވެން އަންނަނީ މިހާރުއްސުރެ ވިސްނައިގެން ކަމަށް ވާތީ އެ ބަދަލު މި ގެންނަނީ. ހޮސްޕީޓަލްގެ ޖާގަ އިތުރުކަރަން ޖެހުނަސް މި ނަގާ ބިންތައް ބޭނުން ކުރެވޭނެ،” – ނިޒާރު

މީގެ އިތުރުން ނިޒާރު ވިދާޅުވީ ގޯތިތައް ނެގުމާމެދު އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، ގޯތި ނެގުމުގައި  އެއްވެސް ބަޔަކަށް ގެއްލުންނުވާނެ ގޮތަށް އަދި ގިނަ ރައްޔިތުންގެ މަސްލަހަތަށް ބަލާފައި ވާނެ ކަމަށެވެ. އަދި ހަމައެއާއެކު މިކަމުގެ ސަބަބުން އައްޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ވެސް ފަސޭހަ ވެގެން ދާނެ ކަން ނިޒާރު ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!