ޚަބަރު
ޝެއިޚް އިމްރާން އަކީ ރިޝްވަތަކަށް ގުޑާލެވޭނެ ބޭފުޅެއް ނޫން – އިޔާޒް

މިނިސްޓަރ އޮފް ހޯމްއެފެއަޒް އައްޝެއިހް އިމްރާން އަބްދުﷲ އަކީ ރިޝްވަތަކަށް ގުޑާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ތެދުވެރި އިޚްލާސްތެރި ބޭފުޅެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވެފައިވަނީ، ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ޝެއިޚް އިމްރާން ނުކުމެވަޑައިގަތުމާއި ގުޅިގެން، ގިނަ ބަޔަކު އެމަނިކުފާނަށް ތުހުމަތު ކޮށް ގިނަ ވާހަކަތަކެއް ދައްކަވަމުންދާތީ އެކަމަަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޑރ އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީސްމީހުންގެ ބޮލުގައި އިލްޒާމް އަޅުވަންވާނީ ޘާބިތު ހެކި ހުރެގެން ކަމަށާއި، ޝެއިޚް އިމްރާން އާއިއެކު ދިގު ޒަމާންތަކެއް ވަންދެން ތަފާތު ތަޖުރިބާތައް ކުރެވިފައިވާ މީހެއްގެ ހައިޘިއްޔަތުން އެމަނިކުފާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫން ކަމުގައި ދަންނަވާ ކަމަށެވެ.

އަޅުގަނޑުގެ އަޚް ޝެއިޚް އިމްރާން އާއި ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތުވީ ނަމަވެސް، އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާއި ދެކޮޅު ނަމަވެސް އެމަނިކުފާނު އެކަން ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލެއް ނުކުރަން. ޑރ އިޔާޒް ވިދާޅުވިއެވެ.

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި ޝެއިޚް އިމްރާން ވަނީ އަމަލީ ގޮތުން ބައިވެރިވެ އެމްޑީޕީ ކެނޑިޑޭޓަށް ކެމްޕެރިން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!