ކޮވިޑް-19 ޖެހިގެން ރާއްޖެއިން 21 އަހަރުގެ ޒުވާން ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ މިއަދު މި ބަލި ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ ނިޔާވެފައިވަނީ ކޮވިޑް ބަލީގައި ހާލު ދެރަވެގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި މިއަދު މި ބަލީގައި ނިޔާވި ދެވަނަ މީހާ އަކީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.
މީގެ ކުރިން 25 އަހަރުގެ ޒުވާނަކު ވެސް ކޮވިޑް ޖެހިގެން ނިޔާވެފައިވާއިރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދަކީ 283 އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުން އަންނަ އިރު، މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖެއިން ކޮވިޑް އަށް ޖުމްލަ 148,580 ވަނީ ފައްސިވެފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون