ޚަބަރު
ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަން – އިދިކޮޅު

ފަނޑިޔާރުންނަށް ބިރުދައްކައި، ނުފޫޒު ފޯރުވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވެއިރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޢަލީ ޢާޒިމް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކި ވާހަކައިގައި އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވަނީ ވާހަކަ ދައްކާފައެވެ. މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި އެންމެ ފަހުން ބެއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ހުރިއްޔާ ހުރި ވަސީލަތަކާއި، ފައިސާއަކާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެންވެސް، އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީ އަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން ކަމަށާއި، އަދި އެއީ ޖުޑީޝަރީ ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ ކުށެއް ވެސް ނޫންކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންގެ ނިންމުން ހަޖަމުކޮށް، މުސްތަޤިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލާ ކަމަށާއި ޢަލީ ޢާޒިމްގެ މިމައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުމުގެ މަސައްކަތް މި ކޯލިޝަނުން ކުރިއަށް ގެންދާ ވާހަކަވެސް ދެންނެވީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!