މި އަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގައި ކުރާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމާއިފިއެވެ.
ކޮވިޑް-19 ބަލިމަޑު ކަމުގެ ހާލަތާއި ގުޅިގެން މި އަހަރުގެ ފިޠުރު ޢީދުނަމާދު ކޮށްފައެއް ނުވެއެވެ. އަދި އޭގެ ކުރީއަހަރު ފިޠުރު އީދާއި އަޟްހާ އީދުގައިވެސް އީދު ނަމާދު މާލެ ސަރަޙައްދުގައި ކޮށްފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައިބުނެފައިވާގޮތުން އީދު ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދި ދިން ކަމުގައިވިޔަސް މިފަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރެވެން ނެތް ކަމަށާއި މި ފަހަރު އީދު ނަމާދު ކުރާނީ މާލޭގެ މިސްކިތްތަކުގައި ކަމަށެވެ. މިގޮަތަށް ނިންމާފައިފައި މިވަނީ ކޮވިޑް ހާލަަތު ރަގަޅުވެފައި ވީ ނަމަވެސް މީހުން އެއްވެ ނޫޅުމަށް އެޗްޕީއެއިން އިލްތިމާސް ކޮށްފައިވާތީވެއެވެ.
އަދި މާލޭގައި އީދު ނަމާދު ކުރާނެ މިސްކިތްތަކުގެ ލިސްޓު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޓްވީޓްގައި އާންމު ކޮށްފައި ވެއެވެ. އެގޮތުން މާދަމާ މާލޭގެ 39 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައިކުރުމަށް މިނިސްޓްރީ އިން ކުރިން ވެސް ވަނީ ހުއްދަ ދީފައެވެ. އަދި ހަމައެއާއެކު ކޮވިޑު ހާލަތު ނެތް ރަށްރަށުން ބޮޑު ޖަމާއަތަށް އެދެފި ނަމަ ހުއްދަ ދޭނެ ކަމަށް ވެސް ވަނީ އަންގަވާފައެވެ.
އަޟްޙާ ނަމާދު ކުރާއިރު ގައިދުރު ކަމާއެކުކޮށް، މިސްކިތަށްދާއިރު ގެއިން ވުޟޫ ކޮށްގެން މާސްކް އަޅުއްވައިގެން އަދި އަމިއްލަ މުސައްލަ އެއް ހިފައިގެން ދުރުވުމަށް އެ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.