ޚަބަރު
ގެވެށި އަނިޔާ ކުރާ މީހުންނަށް އަދަބު ދިނުން އަވަސްކުރުމަށް ގޮވާލައިފި

ގެވެށި އަނިޔާގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތަށް އަދަބުދީ އިންސާފް ހޯދައިދިނުން އަވަސްކުރުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ގޮވާލައިފިއެވެ.

އޭޑީއެމުން ފާހަނގަކުރި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާ މިންވަރު މަދުވެފައި އެފަދަ މައްސަލަތައް ތަހުޤީގުކޮށް ފިޔަވަޅު އެޅުމުގެ މަރުހަލާތައް ދިގުދެމިގެންދެއެވެ.

އޭޑީއެމް އިން ވިދާޅުވާ ގޮތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަ ތަކުގައި ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ 635 ފިރިހެނުންނާއި 156 އަންހެނުން ހިމެނެއެވެ. އެހެންކަމުން އެފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުން އަވަސްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭޑީއެމުން ވަނީ ގޮވާލާފައެވެ.

މިފަދަ ކުށްތަކަށް އިންސާފް ލިބުމުގައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމަކީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ. އެގޮތުން އެފަދަ އަމަލުތަކުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަކީ ދައުލަތުގެ މަގާމުތަކުގައި މިހާރު ވެސް ތިބި މީހުން ކަމަށާއި އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމާއި، އަދި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ފަދަ ބަހުރުވަ ބޭނުން ކުރުމަކީ ވެސް އެކަމަށް ބާރުދޭ ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުން އަންހެނުންނަށް ކުރާ އަނިޔާގެ ބައެއް އަމަލުތަކަކީ ހުއްދަ ކަންކަން ކަމަށްބުނެ ފަތުވާ ދެމުންދާއިރުވެސް ސަރުކާރުން އެކަން ހުއްޓުވުމަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް އެޖަމިއްޔާއިން ވަނީ ފާހަނގަކޮށްފައެވެ.

އެފްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިދިޔަ އަހަރު ގެވެށި އަނިޔާގެ 637 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ގްރޭޓާ މާލެ އޭރިއާ އިން 412 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. ޖުމްލަކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު އެފްޕީއޭގެ ހިސާބުތަކުގައި ޖިސްމާނީ އަނިޔާގެ 388 މައްސަލައާއި ޖިންސީ އަނިޔާގެ 90 މައްސަލަ އާއި ބަހުގެ ހަމަލާ ދިނުން ނުވަތަ ނަފްސާނީ އަނިޔާގެ 495 މައްސަލަ އާއި މާލީ ގޮތުން ނުވަތަ އިގްތިސޯދީ ގޮތުން ދަތިކުރުމުގެ 81 މައްސަލަ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!