މަޢުލޫމާތު
ޑޮކްޓަރުންގެ ލިޔުން އެހާ ހަޑީ ކީއްވެ؟

ޑޮކްޓަރުން ލިޔާ ބޭސް ސިޓީތައް އިނގިރޭސިބަހުން ލިޔުނު ކަމުގައި ވިޔަސް، އިނގިރޭސި ބަސް ރަނގަޅަށް ދަންނަ މީހަކަށްވެސް ބައެއްފަހަރު ކިޔަން އުދަނގޫވާ ފަހަރު އާދެއެވެ. ޑޮކްޓަރުންފަދަ ތަޢުލީމީ ބަޔަކު ބޭބީ ނާސަރީގައި އުލޭ ތުއްތުކުދިން ލިޔާ ލިޔުން ހުންނަ ގޮތަށް ލިޔާ ސަބަބެއް ބެލުމަކީ މުހިންމުކަމެކެވެ.

ޑޮކްޓަރު ދޭ ބޭސް ސިޓީއަށް ބަލާލުމުން، ޑޮކްޓަރު ބޭސް ސިޓީގައި ލިޔެފައިވާ އެއްޗެއް ކިޔަން އުދަނގޫވާ ފަހަރު އާދާއެވެ. މިއީ ކީއްވެގެންވާ ކަމެއްތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. ޑޮކްޓަރުންގެ ގޮތުގައި ވަޒީފާދެނީ ރަނގަޅަށް ލިޔަން ނޭނގޭ މީހުން ތޯ؟ ނުވަތަ އެ ބޭސް ސިޓީގައިވާ ބޭހުގެ ނަން ކިޔަން ނޭނގުމުގެ ސަބަބުން ބޭސް ދޫކުރާ މީހަކަށް އޮޅުން އަރައި ބަލި މީހާއަށް ނުބައި ބޭހެއް ނުދެވޭތޯ؟ މިއީ ހައްތާވެސް ހިތުގައި އުފެދިދާނެ ސުވާލުތަކެވެ.

ހަމަ ޔަޤީނުންވެސް، ޑޮކްޓަރުން ތަމްރީންކޮށް، ޑޮކްޓަރުންނަށް ވަޒީފާދިނުމުގައި، ލިޔުން ހަޑި މީހުންނަށް އިސްކަން ދިނުމުގެ އުޞޫލެއް ނޯވެއެވެ. ހުރިހާ ޑޮކްޓަރުންނަކީ ހަޑިކޮށް ލިޔާ ޑޮކްޓަރުންނެއް ނޫނެވެ. ނަމަވެސް ވަޒީފާއަށް ނުކުމެ ވަޒީފާ އަދާކުރަން ފައްޓާ ހިސާބުން ލިޔުން ހަޑިވެގެން ދަނީއެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ބަލާލުން މުހިންމެވެ. ޑޮކްޓަރުންގެ ލިޔުން ހަޑިވުމުގެ ތަފާތު ސަބަބުތައް އެކުލެވެއެވެ. ޑޮކްޓަރުންގެ ލިޔުން ހަޑިވާ ބައެއް ސަބަބުތައް މިލިޔުމުގައި އަލިއަޅުވާލަމެވެ.

އާދަޔާ ޚިލާފަށް ގިނައިން ލިޔަންޖެހުން

ޑޮކްޓަރު ހަމައެކަނި ލިޔަން ޖެހެނީ ބޭސް ސިޓީއެއް ނޫނެވެ. ވަޒީފާގެ ގޮތުން ބަލިމީހާއި ގުޅޭ ތަފާތު ލިޔުންތައް ޑޮކްޓަރުން ލިޔަން ޖެހެއެވެ. ބަލިމީހާގެ ބައްޔާއި ގުޅޭ ކުދި ކުދި ތަފްޞީލުތައްވެސް ޑޮކްޓަރުން ނޯޓްކޮށް ރެކޯޑް ކުރެއެވެ. މިލިޔުންތަކަކީ، ބަލިމީހާގެ ބަލިހާލަތު، އަދި ބަލީގެ ތަފްޞީލް ފަހުން ބަލާ ކޮންމެ ޑޮކްޓަރަކަށް ފަސޭހައިން އެނގޭނެހެން ލިޔެ ރައްކާ ކުރާ ލިޔުންތަކެވެ. އެހެންކަމުން، ވަރަށްބޮޑު އިސްކަމެއް ދީގެން، ވީހާވެސް ތަފްޞީލުކޮށް ބަލިމީހާގެ ބަލީގެ ހާލަތު ޑޮކްޓަރުން ލިޔަންޖެހެއެވެ. ގިނައިރު، ދިގުކޮށް ގިނައަދަދެއްގެ ބަލިމީހުންގެ ރެކޯޑުތައް ލިޔުމަކީ ވަރަށް ބޮޑަށް އަތް ވާޅުވެ، ލިޔުން ހަޑިވާ ސަބަބެކެވެ.

ގިނަވަގުތު ބަލިމީހުން ބެލުމުގައި ހޭދަކުރަން ޖެހުމާއި، ހާސްކަން ބޮޑުކަމާއެކު ގިނަވަގުތު ހޭދަކުރަން

ބައެއް ޑޮކްޓަރުން ދުވާލަކަށް މަދުވެގެން 20 ބަލިމީހުނާއި 50 ބަލިމީހުން ދޭތެރޭގެ އަދަދަށް ބަލިމީހުން ބަލަންޖެހެއެވެ. މިހާ ގިނަ އަދަދެއްގެ ބަލިމީހުންގެ ތަކުލީފުތައް އަޑުއަހައި، ބަލިމީހުންގެ ރެކޯޑް ލިޔެ، ބަލިހާލަތައް ބުރަވެ ބޭސް ލިޔެދީ، ތަފާތު ފަރުވާ ދޭން ޖެހުމަކީ މުޅި ދުވަހު އެއްކޮށްހެން ޑޮކްޓަރުން ބުރަކޮށް، ހާސްކަން ބޮޑު ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ. މީގެ އިތުރުންވެސް، އިމަޖެންސީ މަރު ފުރާނަޔާއި ހަނގުރާމަކުރާ ބަލިމީހުންނާއިވެސް ޑޮކްޓަރުން ފަރުވާކޮށްދޭން ޖެހެއެވެ. މިއީ ޑޮކްޓަރުންނަށް ގޮންޖެހުން ބޮޑު ކަމަކަށް ވުމުގެ އިތުރުން ވަރަށް ބޮޑު ވަރުބަލިކަމެއް ކުރިމަތި ކުރުވާ ކަމެކެވެ. މިއީވެސް ޑޮކްޓަރުން ދެއަތް ވާޅުވެ، ލިޔުން ހަޑިވެގެންދާ ސަބަބެކެވެ.

އަވަސް އަރުވައިގެން އުޅޭ ބަޔަކަށް ވުން

ޑޮކްޓަރުންނަކީ ވަޒީފާގެ ގޮތުން އަބަދުވެސް ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން އުޅެންޖެހޭ ބަޔެކެވެ. ޑޮކްޓަރުންނަށް ވަކިވަގުތެއް ނޯވެއެވެ. ކޮންމެ ވަގުތަކީވެސް ވަޒީފާއަށް ނުކުންނަން ޖެހިދާނެ ވަގުތެކެވެ. ބަލިމީހާއަށް ފަރުވާދެމުންދާއިރުވެސް، ހާލު ބޮޑުވެފައިވާ ބަލިމީހާއަށް ކުރިމަތިވެދާނެ ނުރައްކާ އަބަދުވެސް ޑޮކްޓަރުގެ ސިކުނޑީގައި ދައުރުވެއެވެ. ބަލަންޖެހޭ ބަލިމީހުން ބެލުމަށްފަހު، ހާލު ބޮޑު ބަލިމީހާއަށް އެޓެންޑްވާން އަބަދުވެސް ޑޮކްޓަރ ހުންނަނީ ލަސްވެފައެވެ. އިމަޖެންސީ ހާލު ބޮޑު މީހެއް ގެނެސްފިނަމަ، ވަގުތުން އެމީހަކާއި އެޓެންޑް ވާން ޖެހެއެވެ. އެހެންކަމުން އާންމުކޮށް ޑޮކްޓަރުން އުޅެންޖެހެނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. މާރީތިކޮށް ލިޔަން ވަގުތު ނޯންނާތީ، އަވަސް އަރުވައިގެން ލިޔުމުން ލިޔުން ހަޑިވެގެން ދެއެވެ.

ލިޔުން ހަޑިވުމުގެ މައްސަލައިގެ ހައްލު

ލިޔުން ކިތަންމެ ހަޑިކޮށް ހުރި ނަމަވެސް ޑޮކްޓަރުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމެއް އޮވެއެވެ. ޑޮކްޓަރުން އެންމެ އިސްކަމެއް ދެނީ ބޭސް ސިޓީގައި ލިޔާ ބޭހުގައި ނަންތަކާއި، މިލިގްރާމާއި، އަދި ކާންޖެހޭ ގޮތް ފަރުވާތެރިކޮށް ލިޔުމަށެވެ. ގިނަ ހޮސްޕިޓަލްތައް ޑިޖިޓަލައިޒް ކުރެވިފައިވުމުން، ޑޮކްޓަރުން އަތުން ބޭސްސިޓީ ލިޔެ، ލިޔެކިޔުން ރައްކާކުރަން ޖެހުނު ޒަމާން މިހާރުމިދަނީ އަހަރަމެންނާއި ވަކިވަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އެކު ޑޮކްޓަރުންގެ ލިޔުން ހަޑިވުމުގެ މައްސަލަޔަށް ހައްލު ހޯދިފައެވެ. ގިނަ ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަޒުތަކުން ޑޮކްޓަރުން ބަލި މީހާއަށް ދެނީ ކޮމްޕިއުޓަރުން ލިޔެފައި އޮންނަ ބޭސް ސިޓީއެކެއެވެ. މި ގޮތަށް ހެދުމުން ޑޮކްޓަރުން ދޭ ބޭސް ސިޓީ ކިޔަން ފަސޭހަވެ، ލިޔުން ހަޑިކަމުގެ ޝަކުވާ މިހާރު ވަނީ ފަޑުވެފައެވެ.

  1. ޑޮކްޓަރ

    ޖެއްސުމެކެ؟