ޚަބަރު
މާލޭ ރައްޔިތުންނަށް ގޯތިދޭން ބުނި ހިސާބުން ”އިންޑިޔާ އައުޓް” ގެއްލިއްޖެ

މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ހިސާބުން “އިންޑިޔާ އައުޓް” ހަރަކާތްތައް މިހާރު ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރިޔާސީ ބަޔާން އިއްވި ދުވަހު މާލޭގެ ރައްޔިތުންނަށް ގޯތިދޭނެ ކަމަށް ރައީސް ވިދާޅުވި ހިސާބުން ފެށިގެން އިންޑިޔާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ފެނިގެން ނުދާ ކަމަށާއި އިދިކޮޅު ފަރާތްތަކުންވެސް މިސަރުކާރުން ކޮށްދޭ ތަރައްޤީގެ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ މިސަރުކާރުން ގެންދަނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.

މިއަހަރު މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށާއި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!