ތަފާތު އޮންލައިން ޚިދުމަތްތަށް ހޯދުމަށާއި، އީމެއިލް، ސޯޝަލް މީޑިޔާ އަދި ތަފާތު އިންޓަރނެޓް ސައިޓްތަކަށް ލޮގިން ވުމަށާއި، އެކި އެޕްލިކޭޝަންތަކުގައި ޕާސްވޯޑެއް ނުވަތަ ކޮންމެވެސް ޕިން ނަމްބަރެއް ވަރަށް ގިނައިން ބޭނުންކުރަން ޖެހެއެވެ. އަދި މިއިން ކޮންމެ ޕާސްވޯޑެއް ނުވަތަ ޕިން ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އެކި ޕާސްވޯޑް ގެންގުޅުމަކީ، ހަނދާން ކުރުމަށް އުދަނގޫ ކަމަކަށް ވުމުން، އެއް ޕާސްވޯޑެއް ތަފާތު އެކި ކަންކަމުގައި ބޭނުންކުރާ މީހުންވެސް ފުދޭވަރަކަށް ގިނައެވެ. ބައެއް މީހުންނަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން، ކޮންމެ ލޮގިންއަކަށް ތަފާތު ޕާސްވޯޑު ދީގެން، އެކަންޓު ނުވަތަ ލޮގިން މީހަކު ހެކް ކޮށްފާނެކަމަށް ވަރަށް ވިސްނައިގެން އުޅޭ މީހުންނެވެ.
ޕާސްވޯޑެއް ދިނުމުގެ މައިގަނޑު ބޭނުމަކީ، އެމީހެއްގެ ޒާތީ މަޢުލޫމާތުތަކާއި، މުހިންމު މަޢުލޫމާތުތަކަށް އެހެން މީހުންނަށް ނުބެލޭނެހެން ޚާއްސަ އެޕްލިކޭޝަނެއްގެ އެހީގައި، ނުވަތަ ވެބް ލޮގިންއެއްގެ އެހީގައި ރައްކާތެރިކަމާއެކު ބެހެއްޓުމެވެ. ނަމަވެސް، ޕާސްވޯޑުތައް ބޭނުން ކުރުމުގައި ފަސޭހައިން އެހެން މީހުންނަށް ދެނެގަނެވޭ، ޕާސްވޯޑުތައް ބޭނުންކުރުމުގެ ސަބަބުން، ވަރަށް ގިނަ މީހުންގެ ޒާތީ މަޢުލޫމާތުތަކަށް އެހެން މީހުންނަށް ދެނެގަތުމަށް ފުރުޞަތުލިބި، ހެކަރުންނަށް ފަސޭހައިން ޕާސްވޯޑުތައް ހެކްކޮށް، މާލީގޮތުންވެސް ތަފާތު ގެއްލުން ކުރިމަތިވެފައި އެބަހުއްޓެވެ. އެހެން މީހުންނަށް ހެދިފައިވާ ތަފާތު ގޯސްތަކުން އިބްރަތް ހާޞިލްކުރުމަކީ މިފަދަ ގެއްލުމަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ޕޭމަންޓް ސޮލިއުޝަން ކުންފުންޏަކުން ދިރާސާކޮށްފައިވާ ގޮތުގައި، 100،000 އަށް ވުރެ ގިނަ އެކައުންޓްގެ ޕާސްވޯޑް ހެކްކޮށްގެން ރިޕޯޓްކޮށްފައިވާއިރު، ހެކް ކުރެވުނު ގިނަ އެކައުންޓްތަކުގައި ޕާސްވޯޑެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ، ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން ފާހަގަ ކޮށްފައިވާ ގޮތުގައި ޕާސްވޯޑުގެ ގޮތުގައި ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ކަނޑައަޅާފައިވާ ތަފާތު ކެޓަގަރީތަކުގެ ޕާސްވޯޑެވެ.

ފޮޓޯ: ސޯޝަލް މިޑިޔާ
ޕާސްވޯޑަކަށް “1234” ނުވަތަ “QWERTY” ކީބޯޑުގައި އަކުރުތައް ހުންނަ އިރު ފުރަތަމަ ބަރީގެ ފުރަތަމަ 6 އަކުރު، ފަދަ ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވެއެވެ. މިއީ ހަނދާން ކޮށްލަން ފަސޭހަ ނަމަވެސް، އެހެން މީހަކަށް ދެނެގަންނަން ފަސޭހަ ޕާސް ވޯޑްތަކެވެ. ބައެއް މީހުން ޕާސްވޯޑުގެ ގޮތުގައި، އަމިއްލަ ނަން ލިޔުމަށްފަހު ފަހަތަށް “1234” ވެސް އާންމުކޮށް ބޭނުންކުރެއެވެ. މިޕާސްވޯޑުތަކަކީ، އެންމެ ގިނައިން ހެކްކޮށްފައިވާ ޕާސްވޯޑުތަކުގެ ތެރޭގައި ހިމެނޭ ޕާސްވޯޑްތަކެވެ.

ފޮޓޯ: ސޯޝަލްމީޑިޔާ
ފަސޭހައިން ހަނދާން ހުންނަ އެއްޗެއް ޕާސްވޯޑުގައި ޖަހަން ހަދައިގެން، ތިބާގެ އަމިއްލަ ޒާތީ މަޢުލޫމާތުތަކާއި، އެކައުންޓްތައް ހެކްކުރުމަށް އެހެން މީހަކަށް ފުރުޞަތު ދިނުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ތިބާގެ ޒާތީ މަޢުލޫމާތާއި، އެކައުންޓުގައިވާ ފައިސާ އެހެން މީހަކު ހެކްކޮށްގެން ބޭނުން ކުރުމަށް ފުރުޞަތު ދޭން ބޭނުން ނުވާނަމަ، ތިރީގައިވާ ޕާސްވޯޑްތައް ބޭނުންނުކުރުން މުހިންމެވެ. މި ޕާސްވޯޑްތަކަކީ އިނގިރޭސި ވިލާތުގެ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން، އެންމެ ގިނައިން ހެކްކޮށްފައިވާ ޕާސްވޯޑުގެ ގޮތުގައި ފާހަގަކޮށްފައިވާ ޕާސްވޯޑްތަކެވެ.
- 123456 (23.2 މިލިޔަން މީހުން)
- 123456789 (7.7 މިލިޔަން މީހުން)
- “Password” (3.6 މިލިޔަން މީހުން)
- “Qwerty” (3.8 މިލިޔަން މީހުން)
- 1111111 (3.1 މިލިޔަން މީހުން)
އަމިއްލަޔަށް ބޭނުންކުރާ އެކައުންޓްތަކާއި، ލޮގިންތަކުގެ ޕާސްވޯޑްގެ ގޮތުގައި ހެކްކުރަން އުދަނގޫ ޕާސްވޯޑެއް ޖެހުމަކީ މުހިންމުކަމެކެވެ. މިފަދަ ޕާސްވޯޑެއް ދިނުމަށް ބޭނުންނަމަ، އަކުރުތަކާއި، ނަންބަރު، ސިމްބަލް އަދި ކެރެކްޓަރ އެކުލެވޭ ތިބާއަށް އެކަނި އެނގޭ ޕާސްވޯޑް ދިނުން ބުއްދިވެރިއެވެ. އަދި ކިތަންމެ ގާތް މީހަކަށްވެސް އިތުބާރުކޮށްފައި އެކައުންޓްތަކުގެ ޕާސްވޯޑް ދިނުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ގިނަ މީހުން ލޮގިންވެ، ބޭނުންކުރާ އޮފިސް ސިސްޓަމް ފަދަ ސިސްޓަމްތަކުގައި، ލޮގިންވެފައި، ޕާސްވޯޑު ބްރައުޒާގައި ސޭވްކުރުމަކީވެސް، އެހެން މީހަކަށް ތިބާގެ އެކައުންޓްތަކަށް ފަސޭހައިން ވަނުމަށް ހުޅުވާލެވޭ ދޮރެކެވެ. ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި ޓޫސްޓެޕް ވެރިފިކޭޝަން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.
🚨13,424 people reported their social media or email account hacked in 2021.
Enabling two-factor authentication (2FA) will help to keep hackers out of your accounts, even if they know your password. Have you enabled it yet?https://t.co/qrBjVc5LvK#SaferInternetDay #TurnOn2FA pic.twitter.com/le90zDKnzW
— NCSC UK (@NCSC) February 8, 2022