ޚަބަރު
ތިންދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވަނީ

ތިން ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާން ކޮށްފައިވަނީ، ޅ.ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަންއާއި، ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށެވެ.

މި ތިން ދާއިރާގައިވެސް ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އިލެކްޝަންސް ކޮމިޝަނުން 3 ބައި-އިލެކްޝަނެއް ބާއްވާފައިވެއެވެ. އެއީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބާއި، ތ.ވިލުފުއްޓާއި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!