ނ. ވެލިދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
ވެލިދޫ މަގު ހެދުމުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވީ، ވެލިދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިއަދު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ނ.ވެލިދޫ މަގު ހެދުމަށް ބޭނުންވާ ރޯމެޓީރިއަލްސްގެ ފުރަތަމަ ސިޕްމަންޓް މިއަދު ވަނީ އެރަށަށް ގެންދެވިފައި.މި މަޝްރޫޢުގެ ދަށުންކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ.
5ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން
މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން
މަގުތަކުގައި މަގުބައްތިޖެހުން pic.twitter.com/1D19PmT8fZ— Road Development Corporation Ltd (@rdcmaldives) February 9, 2022
މިމަޝްރޫއުގެ ދަށުން، 5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމުކުރުމާއި މަގުތަކުގައި ބައްތި ޖެހުން ހިމެނެއެވެ.
މިމަޝްރޫއުއަކީ 450 ދުވަސް ތެރޭގައި ނިންމުމަށް އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުއަކީ 88.5 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ނ.ވެލިދޫ މަގުހެދުމުގެ މަޝްރޫޣު އަކީ 450 ދުވަސް ތެރޭގައި ނިންމާ 88,540,833.87 ރުފިޔާ (އަށްޑިހަ އަށްމިލިއަން ފަސްލައްކަ ސާޅީސްހާސް އަށްސަތޭކަ ތިރީސްތިން ރުފިޔާ އަށްޑިހަ ހަތްލާރި) އަށް ހަވާލުކޮށްފައިވާ މަޝްރޫޣުއެކެ. https://t.co/gz2qBxH6xF
— Shama (@Shamarashydd) February 9, 2022
އާރްޑީސީއިން ގެންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.