ކޮންމެ ރޯދަމަހަކާ ދިމާކޮށް އެސްޓީއޯއިން ކުރިއަށްގެންދާ އެސްޓީއޯ ރަމަޒާން ބާޒާރު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ ސޭލްވެސް ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ. މިސޭލްގައި އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ގިނަ ސާމާނުން ބޮޑެތި ޑިސްކައުންޓު ލިބޭނެއެވެ.
މިއަހަރުގެ ސޭލްގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރުމަށް އެކުންފުނިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ދޭން ހަމަޖެހިފައިވަނީ ޑިޖިޓަލް ކޫޕަން ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
Are you ready for tomorrow? 🎉
Your favorite sale is around the corner!🥳#STORB2022🎊 pic.twitter.com/JWDlF7Wqxn— STO Home Improvement (@STO_HomeImp) February 9, 2022
މިއަހަރުގެ ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދާތަކުން 40 އިންސައްތާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވާއިރު މުޅި ޕްރޮމޯޝަންއިން 11 ނަސީބުވެރިން ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގެ އިތުރުން އެސްޓީއޯ ސުޕަމާޓުގައި ވެސް ރޯދައަށް ހާއްސަ ސޭލެއް ކުރިއަށްދާނެ އެވެ. މި ސޭލް ފަށާނީ އަންނަ މަހު ކަމަށް އެސްޓީއޯއިން ބުންޏެވެ.