ޚަބަރު
ފަރެސްމާތޮޑާ އާއި އެއަރޕޯޓް ބްރިޖަކުން ގުޅުވާލަނީ

ގދ ފަރެސްމާތޮޑާ ކައިރީގައި ހަދަމުންދާ އެއަރޕޯޓް ބްރިޖަކުން ގުޅުވާލުމަށް ހަދަން ޖެހޭ ތިމާވެށީގެ ސާރވޭ ފެށުމަށް ތައްޔާރު ވެއްޖެއެވެ. އެގޮތަށް މިއަދުވަނީ އެންވަޔަރަންމަންޓް އިންޕެކްޓް އެސެސްމަންޓް، އީއައިއޭ ހެދުމަށްޓަކައި ޚާއްޞަ ޓީމެއް ފަރެސްމާތޮޑާ އަށް ގޮސް އެރަށުގެ ކައުންސިލާއިއެކު ބްރިޖް އަޅަން ބޭނުންވާ ތަން ބަލައި ދިރާސާ ކޮށްފައެވެ. އަދި މިކަމުގެ މަޝްވަރާތައް ކައުންސިލްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވީ އީއައިއޭ ޓީމާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ބްރިޖް އެޅުމުގައި ކައުންސިލުން އެދޭގޮތް ޙިއްސާކުރި ކަމަށާއި އެގޮތުން އެއަރޕޯޓަށް ބިން ހިއްކުމުން ފަރެސްމާތޮޑާ އިން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާތީ އެކަން ހައްލުވާހެން ބްރިޒް މަސައްކަތް ކުރުމަށް އެދުނު ކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރު އެއޮތީ ރަށުގެ އިރު ދެކުނުން ބޮޑު ބައެއް ގިރައިގެން ގޮއްސަ. އެއީ ރަންވޭއަށް ބިން ހިއްކުމުން ދިމާވި މައްސަލައެއް. ދެން މި އެދެނީ ބްރިޖާއި އެކު ރަށުގެ އެ ސަރަހައްދުގައި ރިވެޓްމަޓް ޖަހައި ޙައްލު ހޯދުމަށް. މިބަލަނީ ސަރުކާރުން އެކަން ކުރަންވާނެކަމަށް” ރައީސް އިމްތިޔާޒް ވިދާޅުވިއެވެ.

އެއަރޕޯޓާއި ފަރެސްމާތޮޑާ އާއި ދެމެދު އަޅަން ޖެހެނީ 300 ވަރަކަށް ފޫޓް ބްރިޖެކެވެ. ސަރުކާރުގެ ވިސްނުމަކީ އަންނަ ޖުލައި 26 އަށް އެއަރޕޯޓް ހުޅުވުމެވެ.

ފަރެސްމާތޮޑާ ރައީސް ވިދާޅުވީ ޖުލައިމަހު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ހިފާފައިވާއިރު ބްރިޖް އަދި އެއަރޕޯޓްގެ މަސައްކަތްތައް ރަނގަޅު ނިންމުމަކަކަށްފަހު އެ ތާރީޚުގައި އެއަރޕޯޓް ހުޅުވާނަމަ މިހާރު ތިބި މަސައްކަތު ފޯސް އިތުރު ކުރަން ޖެހޭނެކަމަށެވެ.

އެއަރޕޯޓާއި ފަރެސްމާތޮޑާ އާއި ދެމެދު އަޅަން ޖެހެނީ 300 ވަރަކަށް ފޫޓް ބްރިޖެކެވެ. ސަރުކާރުގެ ވިސްނުމަކީ އަންނަ ޖުލައި 26 އަށް އެއަރޕޯޓް ހުޅުވުމެވެ. މި އެއަރޕޯޓަކީ ދިވެހި ސަރުކާރުން މިފަހަކަށް އައިސް ތަފާތު ގޮތަކަށް ހަދާ އެންމެ ރީތި ޓަރމިނަލް ފަރުމާ ކުރެވިފައިވާ އެއަރޕޯޓެވެ. މި އެއަރޕޯޓްގެ ރަންވޭ އަކީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

  1. އެއާޕޯޓްސް ކޮންޕޯނީ

    ބާރު ދުވެއްޔެއްގައި ގދ.ކާޑެއްދޫ ވެސް އިންޓަޏޭޝަނަލް ވަމުން އެބަދެއެވެ. ފަރެސްމާޔޮޑާ އަސްލަމްގެ ވިސްނުމަކީ ކާޑެއްދޫގައި 2 ބުރިޖުއެޅުމެވެ އެއީ މަޑަވެލި ހޯޑެއްދޫއަށް ބުރިޖެއް ތިނަދޫއަށް ބިރުޖެއް އެޅުމެވެ. ފެބުރުއަރީގެ ނިޔަލަށް ނިމޭމަސައްކަތުގެ ތެރޭ ހިމެނެނީ ފަޅުފުންކުރުމާއި 7000 ފޫޓުގެ ޖެޓީގެ މަސައްކަތެވެ. ޖެނުވަރީ މަހު ވަނީ ތެޔޮބައުޒަރުގެ 10 ބައުޒަރު ކާޑެއްދޫއަށް ގެނެވިފައެވެ. ލަގެޖު އުފުލުމުގެ ކަންތަށް މިހާރު ވާނީ ފުލް އޮޓަމެޓިކް ސިސްޓަމަށް ބަދަލުކުރެވިފައެވެ. ޝުކުރިއްޔާ ފަރެސްމާތޮޑާ އަސްލަމް

  2. ތޭންކްސް ބުރޯ