ޚަބަރު
މިނިސްޓްރީގެ ހުއްދައަކާ ނުލައި މާލެ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓްތައް ނުވިއްކޭނެ – ޓްރާންސްޕޯޓް

މިނިސްޓްރީގެ ހުއްދައަކާ ނުލައި މާލެސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގުމުއްދަތަކަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑި ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ވެހިކަލް ޕާކްކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި 1000 ޕާކިންގ ސްލޮޓްގެ އަމަލީ މަސައްކަތް ފަށާފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވައިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިންގ ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ.

މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވައިދު ހުއްދަކުރާ ކަމެއް ނޫން. ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަހައްދުތަކާއި، ފީނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލާއި ޕާކިން ސްލޮޓްތައް ޤާއިމް ކުރާނެ ތަންތަނުގެ ލޭންޑްޔޫޒް ޕްލޭނެއް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު އެކަން ގަވައިދުގެ ތެރެއިން މާލެސިޓީ ކައުންސިލަށް ކުރެވޭނެ ޖާގަ އެބައޮތް. ޓްރާންސްޕޯޓް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް މާލެސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލެއް ހުށަހަޅާފައި ނުވާ ކަމަށާއި، އަދި އެފަދަ ހުއްދައަކަށް މިހާތަނަށް އެދިފައި ނުވާކަމަށްވެސް މިނިސްޓްރީއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި މަގުމައްޗަކީ ހުރިހާ ރައްޔިތުންވެސް ބޭނުންކުރާ ތަނަކަށްވުމުން މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޙްތިޔާރު ސިޓީކައުންސިލަށް ލިބިފައި ނުވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި މިކަމަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށް ވުމުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރައްޔިތުންގެ މެދުގައި ތަފާތު ކުރުމަށް ސިޓީ ކައުންސިލުން މިކަމުގައި އަމަލު ކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެ ކަމަށާއި،  ގާނޫނާއި ގަވައިދުގެ ތެރެއިން މިކަމަށް ބޭނުންވާ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިއުންތައް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ސަރުކާރުން އެދޭ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!