ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ – ރިއަލްޓައިމް ޕީސީއާރް މެޝިނެއް ބަހައްޓައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވާގޮތުން ކޮވިޑް-19 ރޯގާ ޖެހިފައިވޭތޯ ޓެސްޓް ހެދުމުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި އިތުރުކުރުމަށް، އަލަށް ބެހެއްޓި ޕީ.ސީ.އާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުގެ ވެލިޑޭޝަން ހަދައި، މިހާރު ބޭނުން ކުރުމަށް ވަނީ ތައްޔާރުވެފައިވައެވެ.
އަލަށް ބެހެއްޓުނު މި މެޝިނާއެކު ދުވާލަކަށް އިތުރު 80 މީހުންގެ ސާމްޕަލްގެ ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މީގެ ކުރިން ފުވައްމުލަކުން ކޮވިޑް ސާމްޕަލްތައް ޓެސްޓްކުރަމުން އައިސްފައިވަނީ ޖީން އެކްސްޕާޓް މެޝިނަކުންނެވެ.