ޚަބަރު
މިލަންދޫ ކައުންސިލް ނައިބުރައީސް އަށް ގްރޫޕަކުން ހަމަލާދީފި

ށ. މިލަންދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަށް ބަޔަކު ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި، ގްރޫޕަކުން އައިސް ހޮޓަލެއްގެ ތެރޭގައި އަހުމަދު ޝިޔާމްއަށް އަނިޔާކޮށް މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ.

އެގްރޫޕުން އޭނާއަށް އަނިޔާކުރަން ފެށުމުން އެތަނުން ބަޔަކުވަނީ އަހުމަދު ޝިޔާމް ސަލާމަތް ކުރުމަށް މަސައްކަތް ކޮށް އެގްރޫޕް އެތަނުން ދުރުކޮށްފައެވެ.

އަދި “ހިނގާބަ ތަޅަން، މިތިބީ ތަޅަން ނުކުމެ” ކަމަށް ބުނަމުންނެވެ. އަދި އެގްރޫޕުގެ ބައެއް މީހުންވަނީ ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ އިތުރުން އަހުމަދު ޝިޔާމް އަށް އިންޒާރުވެސް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގުރޫޕުން އަހުމަދު ޝިޔާމް އަށް އަނިޔާކޮށް ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކަށް އޭނާ ވަނީ ފަރުވާ ހޯދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!