ޚަބަރު
ލަވަކިޔުންތެރިޔާ އަސްރާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި، ލޯބިވެރިޔާވެސް ސަލާމަތްވެއްޖެ

ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި އޭނަގެ ލޯބިވެރިޔާ ހަސަން ނަޒީހު ތިބި ކޮޓަރިއެއްގެ ތެރެއިން މަސްތުވާ ތަކެތި ފެނުނު މައްސަލައިގައި އަސްރާއަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާއިރު ހައިކޯޓުންވަނީ އޭނަގެ ލޯބިވެރިޔާ ނަޒީހު ސަލާމަތްކޮށްފައެވެ.

2016 ވަނަ އަހަރު އަސްރާ އާއި ނަޒީހު ތިބި ކޮޓަރިއެއްގެ ތެރެއިން ފުލުހުން ވަނީ 30 ގްރާމް މަސްތުވާ ތަކެތި ހޯދާފައެވެ. އެހެންކަމުން ނަޒީހުގެ މައްޗަށް ކުރެވުނީ ޑްރަގް ޓްރެފިކިންގެ ދައުވާއެވެ.

މިދެމީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވުމުން ހައިކޯޓުގައި މިމައްސަލަ ވަނީ އިސްތިއުނާފްކޮށްފައެވެ. އިސްތިއުނާފް ފޯމުގައި އަސްރާގެ ނަން ވަނީ ހިމަނާފައެވެ. މިމައްސަލައިގައި އަސްރާ ހިމެނުނު ކަމުގައިވިޔަސް 18 އޮގަސްޓް 2021 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ސިޓީ ފޮނުވައި، ޢަސްރާގެ ބައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ.

މިމައްސަލައިގެ ތަހުޤީގު ކުރިޔަށް ގެންދެވުނުއިރު ކޮޓަރިތެރެއިން ފެނުނު މަސްތުވާ ތަކެއްޗާއި ބެހޭ ގޮތުން ނަޒީހު އާއި ސުވާލުކޮށްފައިނުވާތީ ނަޒީހުގެ މައްޗަށް ކުށް ސާބިތުނުވީއެވެ. ދައުލަތުން ބުނެފައިވަނީ މަސްތުވާތަކެތީގެ ތަހްލީލް ރިޕޯޓް އޭރު ނުލިބު އޮތުމުން ނަޒީހުއާއި ސުވާލުނުކުރެވުނީ ކަމަށެވެ. އެހެންނަމަވެސް ރިޕޯޓް ލިބުމުންވެސް އެކަމާ ސުވާލުކޮށްފައިނުވާކަން ހައިކޯޓުންވަނީ ފާހަނގަކޮށްފައެވެ. ނަޒީހާއި ހަމައެކަނި ސުވާލު ކުރީ އޭނާގެ ޖީބުން ފެނުނު މަސްތުވާތަކެއްޗާއި ގުޅޭ ގޮތުންނެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ނަޒީހުގެ މައްސަލައިގައި އެކަށީގެންވާ ތަހުޤީގެއް ކޮށްފައިނުވާތީ ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަސްރާ އާއި ނަޒީހަށް ކުށް ސާބިތުވި ނަމަ، އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ. ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!