ޚަބަރު
އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ދެމީހެއްގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ

މާލޭގެ މަގުމަތީ ދުއްވަމުންދިޔަ ވޭނެއްގެ މައްޗަށް ވެއްޓުނު ދަގަނޑު ހޮޅިއެއްގެ ސަބަބުން އެވޭނުގައި ތިބި ދެމީހުންގެ ފުރާނަ ސަލާމަތްވީ ހަމަކިރިޔާއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަގޮތުގައި މަގުމަތީ ދުއްވަމުންދިޔަ ވޭނެއްގެ ވިންޑް ސްކްރީން މައްޗަށް އިމާރާތަކުން ވެއްޓުނު ދަގަނޑު ހޮޅި ވެއްޓުނުއިރު އެވޭނުގައި ބިދޭސީ ދެމީހަކު ތިއްބެވެ. ހޮޅި އަމާޒުވެފައި ހުރީ ޑްރައިވަރާއި އަދި ފަސެންޖަރ ޝީޓްގައި އިން މީހާ އާއި ދެމީހުންގެ ދެމެދަށެވެ. ދެމީހުންނަށް ޖިސްމާނީ އަނިޔާއެއް ނުލިބި ސަލާމަތްވީ އެދަގަނޑު އެދެމީހުންގެ ދެމެދަށް ވަނުމުންނެވެ. އެދެމީހުންވެސް މަރުގެ އެތިފަހަރަކުން ސަލާމަތްވީ ހަމަކިރިޔާއެވެ. ވޭނުގެ ސްކްރީން ތަޅައިގެންގޮސްދަގަނޑު ހޮޅި ވަނީ ދެސީޓު ދެމެދަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަސުރުމާ ގޯޅީގައި ހުރި ހަދަމުން އަންނަ 10 ބުރީގެ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ވެއްޓުނު މި ހޮޅި އޮތީ ބިއްލޫރިގަނޑުގެ މެދުގައި ތާށިވެފައެވެ. އެތަނުގައި މަސްއްކަތްކުރަމުންދިޔަ މީހުން ބުނާގޮތުގައި ހޮޅި ވެއްޓުނީ ދަނގަޑު ހޮޅިތަކެއް ނަގަން އުޅުމުގެ ތެރޭގައެވެ.

ރޭ ހިނގާ ދިޔަ މިހާދިސާގައި ވޭނުގައި ތިބި ދެމީހުންނަށް ޖިސްމާނީ އަނިޔާ ނުލިބުނުކަމުގައިވިޔަސް އެމީހުން ތިބީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މާލޭގައި އިމާރާތްކުރާއިރު ސޭފްޓީ ބޭނުން ނުކުރާ މައްސަލައަކީ ވަރަށް އާންމު މައްސަލައެކެވެ. މީގެކުރިންވެސް މަސައްކަތް ކުރަމުންދާ ސައިޓުތަކުން ތަކެތި ވެއްޓި މާލޭގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!