އަންހެނަކަށް ގެވެށި އަނިޔާކުރި އުމުރުން ދުވަސްވީ މީހަކު ގދ.ތިނަދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ތިނަދޫ ގެއެއްގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް މިއަދު 12:30 ގައި ލިބިފައިވާ ކަމަށާއި މިމައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 65 އަހަަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެމީހާ އާއި ބެހޭ އިތުރު މައުލޫމާތު ހާމަކޮށްފައިނުވެއެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.
ގެވެށި އަނިޔާގެ ސަބަބުން ޢާއިލާތައް ރޫޅި ދިރިއުޅުން ވިއްސި ވިހާލިވެގެންދާ މަންޒަރު ތަކަކީ މުޖުތަމަޢުން ފެންނަ މުންދާ ވަރަށް ހިތާމަވެރި މަންޒަރުތަކެކެވެ. އެކަމާ އަޅާ ނުލައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް ކަންކަމެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ގޭބިސީ އެއްގެ ތެރޭގައި އެކަކު އަނެކަކަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދެވޭ ކޮންމެ ނިކަމެތިކަމަކީ ގެވެށި އަނިޔާއެކެވެ.