ދީން
އެހެން މީހެއްގެ ވާހަކަ އޭނާ ނުރުހޭ ގޮތަކަށް ނުދައްކާށެވެ

ދުލުން ކުރެވޭ ނުބައި ކަންތައްތަކުގެ ތެރޭގައި ޣީބަ ބުނުން ހިމެނެއެވެ. ޣީބަ ބުނުމަކީ އަޅުގަނޑުމެންނަށް އެނގިގެންނަމަވެސް އަދި ނޭނގިނަމަވެސް ކުރެވޭ ވަރަށް ނުބައި ކަމެކެވެ. އަދި މިއީ އެހާމެ ނުރައްކާތެރި ކަމެއްވެސް މެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. “أَتَدْرُونَ مَا الْغِيبَةُ” (ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟)

އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ذِكْرُكَ أَخَاكَ بِمَا يَكْرَهُ” (ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ)

ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ،

“إِنْ كَانَ فِيهِ مَاتَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ” (އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ، އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުންނަށް އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ)

އެހެންކަމުން “ޣީބަ” އިގެ މާނައަކީ މީހަކު ނެތްތާނގައި އޭނާގެ ވާހަކަ، އޭނާ އެތާނގައި ހުރިނަމަ ނުރުހޭނޭ ފަދައިން ދެއްކުމެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި އެފަދަ ކަމެއް ނުވާނަމަ އެވާހަކަ ވާނީ ދޮގަކަށެވެ.

ނޯޓް: މިލިޔުމުގައި ޙަވާލާދެވިފައިވާ ޙަދީޘަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘެކެވެ.
މަސްދަރު : ޝާފިޢު.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!