ރިޕޯޓް
ޒުލްފާ: ފަހާފޮއްޓާ ދުރަށް ނުގޮސް 33 އަހަރު

ގދ ތިނަދޫއަށް އުފަން ޒުލްފާ އިސްމާއިލް އަކީ ފެހުމުގެ ދާއިރާގައި ވަރަށް ފާހަގަ ކޮށްލެވޭ އަންހެން ކަނބަލެކެވެ. ހެދުން ފެހުމުގެ ހުނަރާއި ތަޖުރިބާހުރި އަދި އެމަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ މަޝްހޫރު ފަރާތެކެވެ.

ޒުލްފާގެ މަންމަ ޖަމީލާ އަކީވެސް ފަހާ މީހަކަށް ވީތީ ކުޑައިރުއްސުރެ ވެސް ވަރަށް ޝައުޤުވެރިކަން ހުންނަ ދާއިރާ އަކަށް ފެހުން ވަނީ ވެފައެވެ.

އެކަމަކު އޭރު މަންމަމެން ވަރަށް ނުރުހޭނެ ފަހާފޮށްޓާއި ކައިރިވާން ވެސް. އަބަދުވެސް ބުނާނެ އަތައް ތިނޯހެއް ހެރި ދާނެ އޭ. – އުމުރުން އެންމެ 14 އަހަރުގައި ފުރަތަމަ ހެދުމެއް ފެހި ޒުލްފާ ބުންޏެވެ.

ޒުލްފާ، ހެދުމެއް ފެހުމުގެ މަސައްކަތް ކުރަނީ

މަންމަގެ ނަސޭހަތް އަޑު އަޅައިގެން ފަހާފޮއްޓާ ކުޑަ ތަންނުވެ ހުއްޓަސް އޭނާގެ ސިކުނޑީގައި އަބަދުވެސް ހުންނަނީ ހެދުމެއް ފަހާލުމުގެ ޝައުޤުވެރިކަމެވެ. އެހެންކަމުން އާހެދުމެއް ލާން ބޭނުންވެގެން އޮތް ދުވަހެއްގައި ޒުލްފާ ނިންމީ އަމިއްލައަށް ހެދުމެއް ފަހާށެވެ. އެހެން ހިތާ ވަރަށް ހިތްވަރު ކޮށްލައިގެން ހެދުން ފެހިއެވެ.

ފުރަތަމަ ހެދުން ފެހުނީމަ ކުރިން ހުރި ޝައުޤުވެރިކަން އަދި އެތައް ގުނައަކަށް އިތުރުވެއްޖެ. އޭގެ ފަހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްއެޅީ. – ހުވަދޫ ނިއުސް އަށް ދިން ޚާއްސަ ބަސްދީގަތުން ފަށަމުން ޒުލްފާ ބުންޏެވެ.

ފުރާވަރު އުމުރަށް ލޯ ހުޅުވުމާއެކު ފަހަން ފެށި ގޮތަށް އަހަރެއްހާ ދުވަސް ތެރޭގައި ފެހުމަށް ވަރަށް ފަރިތަވެއްޖެއެވެ. އެހެންކަމުން އެ މަސައްކަތް އެއީ އޭނާގެ ޚާއްޞަ މަސައްކަތްތެއް ކަމުގައި ހެދިއެވެ. އަވަދިނެތި ތަފާތު ހެދުންތައް ފެހުމުގައި އުޅެން ފަށައިފިއެވެ. އަދި މުޅި ރަށަށް ޒުލްފާ މަޝްހޫރުވިއެވެ.

ފުރަތަމަ ރަށުގައި ފަހަން ފެށީ ގާތް މީހުންނަށް. އެންމެ ފުރަތަމަ ފެހީ ޓޮޕް، ހަރުވާޅު ހެދުން، އަދި ކުޑަ ކުދިންގެ ހެދުން. – 20 ރުފިޔާއަށް ހެދުމެއް ފަހައި ދޭންފެށި ޒުލްފާ ބުންޏެވެ.

މީހަކާއި އިނދެގެން މާލެއަށް ބަދަލުވެ، އާމްދަނީއެއް ހޯދުމަށް ވެސް ކުރަން އެންމެ ރަނގަޅު ކަމަކަށް ޒުލްފާ ނިންމީ ފެހުމުގެ ދާއިރާ އެވެ.

މާލޭގައި މަސައްކަތް ފެށީ ފިރިމީހާގެ ކޮއްކޮ މުސްތަފާ ހޯދައި ދިން ފަހާފޮށްޓަކުން. އޭގެ ފަހުން، ގާތްގަނޑަކަށް 1995 ހާ ހިސާބު ބޮޑުދައިތަ ސަޢީދާ ހޯދައި ދިން މާ ޖަހާ ފޮށްޓަކުން ސީދާ 19 ދުވަސް ތެރޭގައި މާ ޖަހަން ދަސްކޮށް ހެދުން ހެދުމުގައި މާ ޖަހަން ފެށީ. –  ފެހުމުގެ ދާއިރާ ފުޅާވަމުން ދިޔަގޮތް ކިޔައި ދެމުން އޭނާ ބުންޏެވެ.

މާ ޖެހުމަކީ އޭރު އެހާ ގިނަ ބައެއް ކުރާ ކަމެއް ނޫނެވެ. އެހެންކަމުން އެ މަސައްކަތްވީ އާމްދަނީ އަށް ވަރަށް ފައިދާކުރި ކަމަކަށެވެ.

ގޭގައި އިނދެ މަސައްކަތް ކޮށްގެން ލިބުނު ތަރުހީބު ވަރަށް ބޮޑުވިއެވެ. އެހެންކަމުން ދެން ނިންމީ ފަހާ ތަނެއް ހުޅުވަށެވެ. އެގޮތުން 1999 ގައި “އީޒީ ކެއާ ޓެއިލާރސް” ގެ ނަމުގައި ފަހާ ތަނެއް ހުޅުވި އެވެ.

ޒުލްފާ އަށް ދިމާވި ގޮންޖެހުންތައް:

ޒުލްފާ ބުނީ އޭނާ އަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ މީހެއްގެ އިރުޝާދެއް ނުވަތަ އެހީތެރިކަމެއް ނެތި ހުރިހާ ކަމެއް ވެސް އަމިއްލައަށް ދަސްކުރަން ޖެހުން ކަމަށެވެ. އެގޮތުން ފުރަތަމަ ފެހި ދިގު ހެދުން ފެހީ ވެސް ލިބުނު ދިގު ހެދުމެއް ފަހާފައި އޮތް ގޮތް ބަލައިގެން، އެ ހެދުން އެއްކޮށް މޮހައިގެން އޭތި ނަމޫނާ އަކަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ. އަދި މާ ޖަހަން ދަސްކުރަން ވެސް އޭރުގެ ނަން މަޝްހޫރު މީހެއްގެ ގާތު އެހުމުން އެ ފުރުސަތު ވެސް ލިބޭ ގޮތެއް ނުވިކަމަށެވެ.

މާ ޖަހަން ދަސްކުރީ ވެސް އަމިއްލައަށް ގޮސް އޭރު ލިބެން ހުންނަ މެލޭޝިއާ ބުރުގާ ގަނެގެން، އޭތި ނަމޫނާއަކަށް ބަލައިގެން. – ވަރަށް އަސަރާއި އެކު ޒުލްފާ ކިޔައިދިނެވެ.

ފެހުމުގައި އިތުރަށް ދަސްކުރުމުގައި ޒުލްފާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފައިސާގެ ދަތިކަމެވެ. އެހެން ނަމަވެސް މަސައްކަތުގެ ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ގޮންޖެހުންތަކާއި ކުރިމަތިލައި ހުރަސްތައް ގިރާ ކުރަމުން ދިޔައެވެ. މަސައްކަތް ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ.

ފެހުމުގެ ދާއިރާގެ ތަޖުރިބާ

1999ގައި އީޒީ ކެއާ ޓެއިލާރސް ހުޅުވި ގޮތަށް މަސައްކަތުގެ މައިދާނުގައި ވަރަށް ގިނަ ދޮރުތަކެއް ހުޅުވުނެވެ. އެގޮތުން މާފުށީ ޖަލުގެ ގައިދީންގެ ހެދުން ފެހުމުގެ ފުރުސަތުވެސް ލިބިގެން ދިޔުމާއި ލާމު އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ކޯޓުތައް ފަހަން ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. އަދި މާފުށްޓަށް ގޮސް އެރަށުގެ މީހުންނާވެސް ވަރަށް ގުޅުން ބަދަހިވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭގައި ޒުލްފާ އިސްމާއިލް އަމިއްލައަށް ބޭއްވި އެންމެ ފުރަތަމަ ފެހުމުގެ ކޯސް މާފުށީގައި ބޭއްވުމަށް ފުރުސަތު ލިބުނެވެ. އެކޯހުގައި މާފުށީގެ 22 ކުދިންނަށް ފެހުމުގެ ހުރިހާ ކަމެއް ދަސްކޮށްދީ ހަނދާނީ ލިޔުން ދިނެވެ.

ފަހާތަން ހިންގީ 1999 ފެށިގެން 2002ށް. އޭގެ ފަހުން އަޅުގަނޑުގެ ފެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހ.ހިރުނދުގޭގައި. ފަހާ ތަން ހަވާލު ކުރީ އަޅުގަނޑުގެ ކޮއްކޮ، މިހާރުގެ މަޝްހޫރު ހެދުން ޑިޒައިނަރ ޖާދުﷲ އިސްމާޢީލްއާއި” ޒުލްފާ ބުންޏެވެ.

ގޭގައި މަސައްކަތް ކުރި ނަމަވެސް އޭނާ ދިޔައީ ކުރިޔަށެވެ. މަސައްކަތުގެ މާހައުލަކަށް އަދި ސްޕީޑަކަށް ވެސް ކުޑަ ބަދަލެއް ނުގެނެއެވެ. ހުރިހާ ގޮތަކުން ވެސް ގެނައީ ކުރިއެރުމެވެ. އެގޮތުން 2002ން ފެށިގެން 2014 އަށް ޑިސެންބަރާއި ހަމައަށް 4 ބިދޭސީންގެ އެހީއާއި އެކު އެކި ބާވަތުގެ ހެދުން ފެހުމުގެ އިތުރުން އެކި ފިހާރަތަކަށް އޯޑަރަށް މާޖެހި ބުރުގާ ހެދުމާއި، އޭރުގެ މަޝްހޫރު ލޭޑީސް ޗޮއިސް ފިހާރައަށް ދުވާލަކު 50 ވަރަކަށް މާޖެހި ބުރުގާ ހަދަދިނެވެ.

އޭގެ ފަހުން ތިން ކުދިން ވެސް ކިޔަވާ ނިމުމާއިއެކު ނިންމީ ރަށަށް ބަދަލުވާން. ނަމަވެސް ރަށަށް ބަދަލުވިތާ އެއްމަސް ތެރޭ ފިރިމީހާ ނިޔާވެއްޖެ. ވުމާއިއެކު އަނެއްކާވެސް މާލެ އައީ. އެއައި ގޮތަށް މިހާރު މަސައްކަތް ކުރަނީ އަމިއްލަ އަށް ގޭގައި އިނދެގެން. ޒުލްފާ ބުންޏެވެ.

ހިންގި ކްލާސް ތަކާއި ކޯސްތަށް:

2000 ވަނަ އަހަރު މާފުށީގައި ބޭއްވި ކޯހުގެ އިތުރުން 2001 ވަނަ އަހަރު ގދ.މަޑަވެލީގައި 28 ކުދިންނަށް ހިންގި ފެހުމުގެ ކޯހާއި، 2008 ވަނަ އަހަރު 33 ކުދިންނަށް އަދި ހަމަ އެ އަހަރު 48 ކުދިންނަށް މާލޭގައި ހިންގި މާ ޖެހުމުގެ ކޯސްތައް ފާހަގަ ކުރެވެއެވެ. އަދި 2012 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޖޫންގެ ނިޔަލަށް ކ. ގުރައިދޫގައި 68 ބައިވެރިންގެ ފެހުމުގެ ކޯހާއި ހަމަ އެރަށުގައި 2017 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ނޮވެންބަރުގެ ނިޔަލަށް 14 ކުދިންނަށް ފަހަން ދަސްކޮށްދީފައިވާ ކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ޖުލައި އިން އޯގަސްޓު މަހުގެ ނިޔަލަށް ގދ.ތިނަދޫގައި 84 ފަރާތަކަށް ފެހުމުގެ ކޯހެއް ބާއްވާފައި ވާއިރު އީޒީ ކެއަރ ޓެއިލާރސް ހިންގި އިރު އެކި ދުވަސްތަކުގެ މަތިން 66 ކަނބަލުންނަށް ފަހަން ދަސްކޮށްދީފައިވާކަން ފާހަގަ ކުރެވެއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އެކި އަހަރުތަކުގައި ތަފާތު ގިނަ ކޯސްތަކެއް ޒުލްފާ ހިނގާފައިވާއިރު އެއިން ކޮންމެ ކޯހެއްގައި ވެސް ގާތްގަނޑަކަށް 6 ވަރަކަށް ފަރާތަށް އޭނާ ވަނީ މުޅިން ހިލޭ ކިޔަވާދީފައެވެ.

އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ލާރި ނެތިގެން އަޅުގަނޑު ބާއްވާ ކޯހެއްގައި ކުއްޖަކަށް ބައިވެރިނުވުމަކީ އެއީ އަޅުގަނޑަށްވެސް އަދި މުޖުތަމައަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް. އެހެންވީމާ އެ ގޮތަށް ބައެއް ކުދިންނަށް ހިލޭ ދަސްކޮށް ދެނީ. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. –  އެހެން މީހުންގެ ޑިޒައިން ތަކަށް ވެސް ގިނަ ހެދުން ތަކެއް ފަހައިދީފައިވާ ޒުލްފާ ބުންޏެވެ.

ޒުލްފާ މިހާރު މަސައްކަތް ކުރާ ގޮތް:

މިހާރު ޒުލްފާ މަސައްކަތް ކުރަނީ ގޭގައި އެކަނި ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ދަރިން ކައިރީގައި އިނދެ މާލޭގައެވެ. ކުރިން އުޅުނު ގޮތަށް އެހާ ބުރަކޮށް, ހުއްޓުމެއް ނެތި މަސައްކަތް ކުރަން ނުޖެހުނަސް މި މަސައްކަތަށް ޖެހިފައި ހުރި ލޯތްބެއްގެ ބޮޑުކަމުން މި މަސައްކަތް ކުރިއަށް ގެންދިއުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެތައް އަހަރެއް ވަންދެން ގާތަށް ފަހަން ދިޔަ ކަސްޓަމަރުން އަދިވެސް ޒުލްފާ ލައްވާ ނޫނީ ހެދުން ނުފަހައެވެ.

“މިހާރު އެންމެ ގިނައިން އަޅުގަނޑު ފަހަނީ ހައުސްކޯޓު އަދި ދިގު ހެދުން. އަދި ހެދުމުގެ އަތްކުރީގައި އަދި ބުރުގަލުގައި މާ ޖަހަންވެސް ވަރަށް ބައިވަރު ކަސްޓަމަރުން އާދޭ” ސިއްޙަތު ސަލާމަތުން ލެއްވިހާ ދުވަހަކު މިދާއިރާއާއި ދުރަށްދާން ގަސްތު ނުކުރާ ޒުލްފާ ބުންޏެވެ.

އެންމެ ބޮޑު ކާމިޔާބީ ނުވަތަ ފަޙުރުވެރިވަނީ:

ޖާދުގެ ޑިޒައިނަކަށް މަޝްހޫރު ފިލްމީތަރި ނިއުމާ އަދި ޝީލާއަށް ޒުލްފާ ފަހައިދީފައިވާ ހެދުން

ފެހުމުގެ މަސައްކަތުގައި އުޅޭތާ 33 އަހަރަށް ވުރެ ގިނަ ދުވަސް އަދި މާޖެހުމުގެ މަސައްކަތް ކުރާތާ 22 އަށްވުރެ ގިނަ އަހަރު ހޭދަކޮއްފައިވާ ޒުލްފާ އެންމެ ފަޙުރުވެރި ވަނީ އަދި އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ ގިނަ ދުވަސް ތަކެއް ވަންދެން ހުއްޓާލުމެއް ނެތި އެކަނި އަންހެނަކަށްވެ ހުރެ މި މަސައްކަތް ކުރެވުނީ ތީ ކަމަށް އޭނާ ބުނެއެވެ.

“އަދިވެސް އަޅުގަނޑު މި މަސައްކަތް ކުރަނީ އެންމެ ފުރަތަމަ ދުވަހުވެސް ހުރި ޝައުޤާއި އެކީގައި މަސައްކަތް ކުރާ ހިތުން، މަސައްކަތުގެ ކޮލިޓީ އެއް ވަރެއްގައި ހިފަހައްޓައިގެން ކުރަން. – މިހާތަނަށް 300 އަށްވުރެ ގިނަ ކުދިންނަށް ފަހަން ދަސްކޮށްދީފައިވާ ޒުލްފާ ބުންޏެވެ.

ހުރިހާ ގޮތަކުން އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ކޮން ބައެއްގެ ފަރާތުން؟

ޒުލްފާ، އޭނާގެ ތިން ދަރިންނާއެކު

މަސައްކަތް ކޮށް އާމްދަނީ ހޯދުމަށް ވިސްނަން ފެށީއްސުރެ އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ޒުލްފާގެ ފިރިމީހާ މަޑަވެލީ ޒޫރިޔާގޭ ޢަލީ ނަސީރުގެ ފަރާތުންނެވެ. 2014 ވަނަ އަހަރު, ފިރިމީހާ ނިޔާވަންދެން ޒުލްފާގެ ފިރިމީހާ ވަނީ އެއްވެސް ބުރަ މޫނެއް ނުދައްކާ ހުރިހާ ކަމެއްގައި ޒުލްފާއަށް އެއްބާރުލުން ދީފައެވެ.

ފިރިމީހާ ދިން ތަރުހީބަށާއި މިއަދު ގާތުގައި ތިބި 3 ދަރިން ކަމަށްވާ އަސްބާޙު، އަސްބާބު، އަދި ސަރާގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިއްވަރާއި އާއިލާ އަދި ރަށްޓެހިންނާއި ކަސްޓަމަރުންގެ ކިބައިން ލިބޭ  އެއްބާރުލުމަށް އޭނާ  ޝުކުރުވެރިވެއެވެ.

  1. ނިހާާ.

    މަސައްކަރްް ކޮށްފައ އެބަހުރ. އިތުރު ކާމިތާބަށ އެދެނ.ް

  2. މާތް الله ޒުލްފައްތަގެ މަސައްކަތުގައި ބަކާތްލައްވައި އަދި ތިޔަ މަސައްކަތާއިގެން ކުރިޔަށް ދިއުމުގެ ތައުފީގު ދެއްވާށި امين.

  3. ތިއީ ޤައުމަށާ އައްޔިތުންނަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ. އެމީހަކަށް ދަސްވެފައިވާ މަސައްކަތެއް އެހެން ބަޔަކަށް ދަސްކޮށްދިނުމަކީވެސް ވަރަށް ބޮޑުހެޔޮކަމެއް. ޢަދި މިހާރު ހެދުންފައްސަވާ ދެއްވާ އަގު އެއީ ކިޔުންތެރިން އެންމެބޭނުންވާނެ އެއް މައުލޫމާތު. އެއީމިޒަމާނުގެ ގިނަ ފެހުންތެރިން ނަކީ ވަރަށް ބޮޑެތި އަގު ތަކެއްގައި ފެއްސެވުމުގެ މަސައްކަތް ކުރައްވާ ބޭފުޅުން. ކުރިއާއި މިހާރު ފެހުމަށް ބޭނުން ކުރާ ތަކެތީގެ އަގުވަރަށް ބޮޑު ވެފައިވާ ކަންއެންމެން ވެސް ޤަބޫލުކުރާނެ. ކިތަންމެ ހަޑިކޮށް ފެހިނަމަވެސް ބޭރުމީހުން ކައިރިއަށް އެައްބަޔަކު ދާން މިޖެހެނީ މާލޭގެ ގިނަފެހުންތެރިން ކިޔާ އަގުމާބޮޑަށް ބޮޑުވީމަ.

  4. ވަރަށް މޮޅު

    ވަރަށް ހިތްވަރުކޮށްފަ އެބަ ހުރި. ދިވެހި އަންހެނުންނަށް ނަމޫނާއެއް

  5. މަރުހަބާ

    މި މަސައްކަތުގައި މިހާ ގިނަ ދުވަހު އުޅުނީތީ މަރުހަބާ. އެހެން މީހުންނަށް ހުރި ނަމޫނާއެއް

  6. ނީނާޔާ

    ޒުލްފާ އާއި ގުޅޭނެ ނަމްބަރު ލިބިދާނެތަ