ޚަބަރު
30 ޕަސެންޓުން ވެރިކަމަށް އާދެވޭގޮތް ހެދުމަކީ ބޭނުންތެރި ކަމެއް- ރައީސް ނަޝީދު

ރިޔާސީ އިންތިޚާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަމަށް އާދެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރުގެ ގާނޫނު އަސާސީގައިވާގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ވާނީ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެންނެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުން ދާންޖެހޭނީ ދެވަނަ ބުރަކަށެވެ. މިނިޒާމުގައިވާގޮތުން، ވަކި ޕާޓީ ފިކުރެއްގައި އެއްވެސް ކޯލިޝަނަކާއި ނުލައި، ނުކުންނަ ވަކި ސިޔާސީ ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ވަނީ ދަތި އުދަނގޫކަމަށް ވެފައެވެ. އަަދި ކޯލިޝަން ސަރުކާރެއްގައި ބައިއަތު ހިފާފައިވާ ހުރިހާ ޕާޓީއެއް ޝާމިލުވާހެން، ވަޒީރުކަމާއި، ސަރުކާރުގެ އިސްމަޤާމްތައް ބަހައިގެން، ވެރިކަން ކުރުމަކީވެސް، ވެރިކަމަށް އަންނަ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ވެރިކަން ކުރުމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ދެކެއެވެ.

އިސްކަންދަރު ސްކޫލްގައި ރޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަބަދު އޮތުމަށް ރައްޔިތުން ގޮވަމުންދާ ގޮވުން ކަނުލައި އަޑުއަހަންޖެހޭ ކަމަށެވެ.

“އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް އޮތުމަށް، ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވާ ގޮވުން ކަނުލާ އަޑުއެހަން ޖެހޭ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީ ވެރިކަމުގައި ނޯންނާނެ ކަމަށް ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ގާނޫނު އަސާސީއަށް މިފަދަ އިސްލާހެއް ގެންނަން އެމަނިކުފާނު ބޭނުންފުޅު ވަނީ އެމްޑީޕީ ނޫން ޕާޓީއަކަށް ވެރިކަން ލިބުމަށް ފުރުޞަތު ހަނިކުރުމަށާއި، ވެރިކަން ކުރުމުގައި ކޯލިޝަން ސަރުކާރުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ކުޑަކުރުން ކަމުގައި ބެލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!