ޚަބަރު
ކުރިން ނުކުރާވަރުގެ ބޮޑު ހޭދައެއް ފުލުހުންގެ ތަމްރީނަށް ކުރާނެ- ހޯމްމިނިސްޓަރ

މިއަހަރު އައްޑޫގައި ހުޅުވުމަށް ނިންމާފައިވާ ޕޮލިސް ޓްރެއިނިންގ އެކަޑަމީ “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް”އާއެކު ރާއްޖޭގައި ފުލުހުން ތަމްރީންކުރުމަށް، މީގެ ކުރިން ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ 33ވަނަ ތަމްރީން ޕްރޮގްރާމް ނިންމުމަށް ދ.ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުން މި 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއެކު، ފުލުހުންނަށް ދެވޭ ތަމްރީންތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު ދެމުން އަންނަ ތަމްރީންތަކަކީ ބަދަލުވަމުން އަންނަ ޙާލަތާ ގުޅޭގޮތަށް ބަދަލުގެނެސް ދެމުންދާ ތަމްރީންތައްކަމުގައި ފާހަގަކޮށްފައި ވެއެވެ.

ފުލުހުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާންވާނީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ވުންކަމަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ޚާއްސަކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެ ހަމަހަމަކަން ޤާއިމުކުރާ ބަޔަކަށްވުމަށް ފުލުހުންގެ ކިބައިން މިނިސްޓަރ އިމްރާން އެދިލެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އުއްމީދު ބޮޑު ޚިދުމަތަކަށްވާއިރު، ފުލުހުންގެ ފޯކަސް އަބަދުވެސް ހުންނަންވާނީ ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް މިނސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

“އެންމެ މުހިންމީ ފުލުހުންގެ ހުނަރާއި ޤާބިލުކަން. އާ އެކަޑަމީއާއެކު، ދައުލަތުން މީގެކުރިން ފުލުހުން ތަމްރީން ކުރުމަށް ހޭދަ ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރާނެ. މިކަންވަނީ ދަޢުލަތުގެ ބަޖެޓުގައި ކަނޑައެޅިފައި.” އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދް ދެއްކެވި ވާހަކައިގައި ވިދާޅުވީ، ފުލުހުންގެ އާ އެކަޑަމީގެ ޚިދުމަތްތައް މިއަހަރު ފަށާނެކަމަށެވެ. އެއާއެކު ފުލުހުންގެ އެސްއޭޕީގައިވާ ގޮތަށް އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަށީގެންވާ ތަމްރީންތައް ދިނުމާއި، ފުލުހުންގެ ތަޙުޤީޤީ ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރުމަށްކަމަށެވެ. ޚާއްސަކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް ސީޕީ ޙަމީދް ވިދާޅުވިއެވެ.

ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަމަށާއި، އެހެންކަމުން ފުލުހުންގެ ޚިދުމަތް ބައްޓަންކުރަނީ ބަދަލުވަމުންދާ ޙާލަތާ، އާވިސްނުންތަކާއެކު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ފާހަގަކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!