ޚަބަރު
ލޮލުގެ ދެކަޅި ދެކުލައިގައިވާ، އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ކުއްޖެއް

ރަޝިޔާގެ ޗެޗްނިޔަން ރިޕަބްލިކަށް ނިސްބަތްވާ 11 އަހަރުގެ އައިމިނާ އަކީ އެހެން މީހުންނާއި ތަފާތު ސިފަތަކެއް ލިބިފައިވާ ރީތިކަމުގެ ލާމަސީލު ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ.

އައިމިނާ އަކީ ދުނިޔޭގެ ވަރަށް މަދު މީހަކަށް ކުރިމަތިވެފައިވާ ޖެނެޓިކް މައްސަލައެއް ކަމުގައިވާ “އަލްބީނިސަމް” ނުވަތަ ހަށިގަނޑުގައިވާ ޖީންތަކުގެ ތެރެއިން، އިންސާނުންގެ ގައިގެ ހަމާއި އިސްތަށީގެ ކުލަ ކަނޑައަޅާ ޖީން އުފެދިފައި ނުވާ ކުއްޖެކެވެ. އާންމު ބަހުރުވައިން ހަށިގަނޑުގެ ހަމުގެ ކުލަޔާއި، އިސްތަށީގެ ކުލަ އެއްކޮށް ހުދު ކުއްޖެކެވެ. ޖެނެޓިކް މިމައްސަލައިގެ އިތުރުން އިތުރު ޖެނެޓިކް މައްސަލައެއް ކަމުގައިވާ “ހެޓެރޯ ކްރޯމިއާ” ނުވަތަ ލޮލުގެ ކަޅީގެ ކުލައަށް ދިމާވާ ޚާއްސަލައެއް ކުރިމަތިވެފައިވާ ކުއްޖެކެވެ.

11 ޑިސެމްބަރ 2008 ގައި ޗެޗްނިޔާގެ ގްރޮޒްނީ ސިޓީއަށް އުފަންވެފައިވާ އާމިނާއަކީ ލިބިފައިވާ ރީތި އާދަޔާ ޚިލާފު ސިފަތަކެއްގެ ސަބަބުން މުޅި ސިޓީގައި މަޝްހޫރު ކުއްޖެކެވެ. އަލްބީނޯ މީހުންނަށް ލިބިފައިވާ ގައިގެ ހަންގަނޑާއި، މުޅިގައިގެ އިސްތަށިތައް އެއްކޮށް ހުދުވުމުގެ އިތުރުން، އާމިނާއަށް ލިބިފައިވާ ރީތި އެއްސިފަކަމުގައި، ލޮލުގެ “އައިރިސް” ނުވަތަ ކަޅި ތަފާތު ދެކުލައިގައި ވުން ހިމެނެއެވެ. އާމިނާގެ ލޮލުގެ އެއްކަޅީގެ ކުލަ ރީނދޫ ކުލައިގައި ވާއިރު، އަނެއް ލޮލުގެ ކަޅި ވަނީ ނޫކުލައިގައެވެ.

އިންސާނުންގެ ހަށިގަނޑުން އުފައްދާ އެއްމާދާ ކަމުގައިވާ “މެލަނިން” މާއްދާ އާމިނާގެ ހަށިގަނޑުން މަދުވުމުން، ގައިގެ ހަމުގެ ކުލަޔާއި، އިސްތަށިގަނޑުގެ ކުލަ އާދަޔާ ޚިލާފު ގަދަ ހުދު ކުލަޔަކަށް ބަދަލުވެފައި ވެއެވެ. އަދި މީގެ އިތުރުން “ހެޓެރޯކްރޯމިއާ” ގެ ސަބަބުން ލޮލުގެ ކަޅީގެ ކުލަ ތަފާތު ދެކުލަޔަށް ބަދަލުވެފައި ވެއެވެ.

އެންމެ ކުޑައިރުއްސުރެ، އާމިނާ އަކީ ޗެޗްނިޔާއަށް މަޝްހޫރު ކުއްޖެކެވެ. އާމިނާ އުފަންވުމުގެ ޚަބަރު ލިބި އަދި އާމިނާގެ މިޚާއްސަ ސިފަތަކުގެ ޚަބަރު ލިބުން، ގިނަ ބަޔަކު އާމިނާ ދެކިލުމަށް އެގެއަށް ޒިޔާރަތްކޮށްފައި ވެއެވެ. އާމިނާ އުފަންވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފޮޓޯގްރާފަރަކު އިންސްޓަގްރަމްގައި ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް ވައިރަލްވެ، ގިނަބަޔެއްގެ ސަމާލުކަން މިފޮޓޯއަށް ހުއްޓުނެވެ.

ގިނަބަޔަކު އާމިނާގެ ރީތިކަމަށް ހިތްކިޔާއިރު، ގިނަބަޔަކަށް އާމިނާގެ ފޮޓޯތަކުން ފެންނަ އާމިނާގެ ދެލޮލޮގެ ކަޅީގެ ކުލަ އެއީ ހަޤީޤަތެއްކަމަށް ބަލައިގަންނަން އުދަގުލެވެ. ބައެއް މީހުން ޤަބޫލުކުރެވެނީ އާމިނާގެ ލޮލުގެ ކުލަޔަށް އައިސްފައިވާ ބަދަލަކީ، ކޮންޓެކްޓް ލެންސެއްގެ އެހީގައި ގެނެސްފައިވާ ބަދަލެކެވެ. އަދި ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ފޮޓޯގްރާފަރު ފޮޓޯއަށް ގެނެސްފައިވާ ޚާއްސަ ސްޕެޝަލް އިފެކްޓެކެވެ.

އެހެން ނަމަވެސް، ފޮޓޯ އިން ފެންނަ ފަދައިން، ހަޤީޤީ ދިރިއުޅުމުގައިވެސް އާމިނާގެ ލޮލުގެ ކުލައިގެ އަސްލުކުލަޔާއި ތަފާތެއް ނެތެވެ. މިއީ ޤުދުރަތީގޮތުން އާމިނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމެކެވެ.

އާމިނާ އާއި އެއް އުމުރުގެ ކުދިންނެކޭ އެއްފަދައިން، އާމިނާވެސް ކިޔެވުމަށް ސްކޫލަށްގޮސް އުޅެމުން އަންނަނީ އާދައިގެ ދިރިއުޅުމެކެވެ. ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި އާމިނާ އަކީ ބޮޑުވެގެން މޮޑެލް ކުރުމާއި، ފެޝަންގެ ދުނިޔޭގެ ޚާއްސަ ސަމާލުކަމެއް ހުއްޓޭނެ ކުއްޖެކެވެ.

Comment