ޚަބަރު
އިންޑިޔާއަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭގޮތަށް އުޞޫލު ބަދަލުކުރަނީ

އިންޑިޔާއަށް ދަތުރުކުރުމަށްފަހު 7 ދުވަހަށް ކަރަންޓީންވާންޖެހޭ ގޮތަށް އޮތް އުޞޫލަށް ބަދަލުގެނެސް ކަރަންޓިންވާން ނުޖެހޭގޮތަށް އުޞޫލު ކަނޑައެޅުމަށް ނިންމައިފިއެވެ. މިގޮތުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އިންޑިއާއަށް ދަތުރުކުރުމަށްފަހު 7 ދުވަހު ކަރަންޓީންވާން ނުޖެހޭނެއެވެ.

ކަރަންޓީން ވާންނުޖޭގޮތަށް އުޞޫލު ކަނޑައަޅާފައިވާކަން ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. އިންޑިޔާއަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅާ ނެރުނު ލިސްޓުގައި 82 ޤައުމެއްގެ ނަން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ބަންގްލަދޭޝް، މެލޭޝިޔާ، ނިއުޒިލޭންޑް އަދި ސައުދީއަރަބިއްޔާ ހިމެނެއެވެ.

އިންޑިޔާއަށް ދަތުރުކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި ހުށަހަޅާ މައުލޫމާތުގެ ސައްހަކަމަށާއި، ކޮވިޑާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ “އެއަރ ސުވިދާ” ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް އަމަލުކުރުމަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!