ޚަބަރު
ދިގު ރަންވޭއަކާ އެކު ރަނގަޅު ޚިދުމަތް ދެވޭނެ ޓާމިނަލްއެއް ކާޑެއްދޫގައި ގާއިމު ކުރުމަކީ ރައްޔިތުން އެދޭ ގޮތް – ފިރުޝާން

3200 މީޓަރުގެ ދިގު ރަންވޭއަކާއި އެކު ފެންވަރު ރަނގަޅު ޚިދުމަތް ދެވޭނެ ފަސެންޖަރުންގެ ޓާމިނަލްއެއް ކާޑެއްދޫ އެއަރޕޯޓުގައި ގާއިމްކުރުމަކީ ހުވަދޫ ރައްޔިތުން ނުހަނު އެދޭ ބޮޑު އެދުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން ވިދާޅޫވީ، ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ހަވާލުކުރާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އިންޓަނޭޝަނަލް ކުރަން އެގްރީމަންޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް ވިލާއަށް ސްޕްރީމްކޯޓުގެ ހުކުމާއި އެއްގޮތަށް ހަވާލުކުރާއިރު، ރައީސް ސޯލިހްގެ ވައުދުފުޅާއި އެއްގޮތަށް އިންޓަނޭޝަނަލް މިންގަނޑަށް ތަރައްގީ ކުރެވޭނެ މަގަށޤ އެގްރީމަންޓް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ހުވަދު އަތޮޅު ރައްޔިތުން އެދޭ ގޮތަކީ ކާޑެއްދޫ އެއަރޕޯޓު އިންޓަރނޭޝަނަލް ކުރުން ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓުގެ ރަންވޭ ކާޑެއްދޫއާއި އެއް ފަޅެއްގެ ތެރޭ އޮންނަ މާގޮޑެރެހާ އާއި ހަމައަށް ކުރަހާފައި އޮތް ފޮޓޯއެއް އާންމުކޮށް ފިރުޝާން ވިދާޅުވީ، އެކުރެހުމަކީ ސަރުކާރުގެ ޕްލޭނެއް ނޫން ކަމަށާއި، ނަމަވެސް އެގޮތަށް އެއަރޕޯޓުގެ ރަންވޭ ބޮޑުވެ ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!