ރިޕޯޓް
ދިވެހި ކައިވެނި ހަފްލާތަކުން ތަފާތު ދީންތަކުގެ ސަޤާފަތް

ދިވެހި ކައިވެނިތަކުން ކުރިން ފެންނަމުން އައި، ދިވެހިވަންތަ ސިފަތަށް ނެތިވެގޮސް، އިސްލާމްދީނާއި ބީރައްޓެހި ތަފާތު ދީންތަކުގެ ސަޤާފަތްތައް ފެންނަމުން އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ތަފާތު ދީންތަކުގެ ކައިވެނިތަކުން ފެންނަ ކަންކަން ދިވެހި ކައިވެނިތަކުން ފެނުން މިވަނީ ދިވެހި މުޖުތަމަޢުގައި އާންމުވެފައެވެ. މިގޮތުން ހިންދީ ކައިވެނިތަކުން ފެންނަ ދެޖިންސުގެ ޒުވާނުން މަސްހުނިވެގެން ނެށުންފަދަ ކަންކަން ދިވެހި ކައިވެނި ހަފްލާތަކުން އަންނަނީ ފެންނަމުންނެވެ. މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ހިނގި އެކައްޗަކަށް ކައިވެނި ޕާޓީތަކުގައި ނަށާފައި ހުންނަ ވީޑިއޯ ވެއެވެ. ގްރޫޕް ހަދާފައި، ކޮރިއޮގްރާފްކޮށްގެން ހުށަހަޅައިދޭ މި ނެށުންތައް މިހާރަކަށް އައިސް ވަރަށް މަގުބޫލެވެ. މި ނެށުމާ ނުލައި މިހާރު ކައިވެނި ހަފުލާއެއް ފުރިހަމަނުވެއެވެ. ކައިވެނިކުރާ އަންހެން މީހާގެ ފަރާތުން އަންނަ ބްރައިޑްސް މެއިޑުންނާއި ކައިވެނި ކުރާ ފިރިހެން މީހާގެ ފަރާތުން އަންނަ ގުރޫމްސްމަނުންގެ ފަރި ނެށުންތަކެވެ.

އާންމުކޮށް ކްރިސްޓިއަން ކައިވެނިތަކުން، އަންހެނުން ކައިވެނި ކުރާ ދުވަހު އެމީހުންގެ ބައްޕައާއެކު އައިސްލްސްގައި ހިނގާލާފައި އަންނަ ގޮތް މިހާރު ރާއްޖޭގައިވެސް ކައިވެނި ކުރާ ގިނަ އަންހެންކުދިން ކޮޕީ ކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން މިފަހުގެ ދިވެހި ކައިވެނިތަކުން، ރަތް ދޫލައެއްގެ މަތީގައި ބައްޕައާއެކު އަތުގައި ހިފައިގެން ނުވަތަ އެކަނި އަންނަތަން އަންނަނީ ފެންނަމުންނެވެ. ހެދުން އެޅުމުގެ ވައްޓަފާޅިވެސް، ކްރިސްޓިއަން ކައިވެނިތަކުގައި އަންހެނުން އަޅާ ހެދުމާއި އެއްގޮތް ދިގު ފަސްބައި ލާފައި ހުންނަ ހެދުން ލުމާއި، ކައިވެނީގެ ރަސްމިއްޔާތަށް އަންހެންކުއްޖާ އަންނައިރު، ފްލަވަރ ގާލްސް ނުވަތަ، އާއިލީ މެމްބަރުން ފަސްބައިގައި ހިފައިގެން އައުންވެސް، ކްރިސްޓިއަން ކައިވެނި ހަފްލާތަކުގައި ފެންނަ ފަދައިން މިފަހުގެ ކައިވެނިތަކުން ފެނެއެވެ.

ތަފާތު ރީތި ތާރީޚްތައް ހޯދާ ބަލައިގެން، ކައިވެނިފަދަ މާތް ގުޅުމެއް، ދިވެހި ސަޤާފަތަށް ނުފެތޭ، އިސްލާމް ދީނުގައި ހުއްދަ ނޫތް މުންކަރާތްތަކަކާއެކު ފެއްޓުން އެއީ އެންމެ ރަނގަޅުގޮތްތޯ އަޅުގަނޑުމެން ވިސްނާލުން މުހިންމެވެ.

ކައިވެނީގެ ގުޅުމަކީ ޢާއިލާއެއް ބިނާ ކުރުމަށް އެޅޭ އެންމެ ފުރަތަމަ ބިންގަލެވެ. އިންސާނީ ނަސްލު ދެމެހެއްޓުމަށްޓަކައި ކީރިތި ﷲ އުފައްދަވާފައިވާ ދެޖިންސުގެ ދެމީހުންގެ ދެމެދުގައި ޤާއިމުކުރެވޭ މަތިވެރި ގުޅުމެކެވެ. ދެމީހުންގެ ފުށުން ހެޔޮލަފާ ދަރިފަސްކޮޅެއް އުފެދުމުގެ މަތިވެރި މަޤްޞަދުގައެވެ. އެހެންކަމުން، ކައިވެނި ކުރެވޭ ފެންވަރުގެ ކޮންމެ މީހަކަށް ދީނުގައި ވަނީ ކައިވެނި ކުރުމަށް ގޮވައިލައްވާފައެވެ.

ކައިވެނީގެ ވަލީމާ (ނުވަތަ ކައިވެނީގެ ހަފްލާ) އަކީ، ކައިވެނި ކުރެވުނުކަމުގެ އުފަލުގައި އެއްވެ އުޅޭ އެއްވުމެކެވެ. މިކަމުގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި ކައިވެނި އިޢުލާނުކުރުމަކީ އެންމެ މުހިއްމު އެއްމަޤްޞަދެވެ. ކައިވެނީގެ ވަލީމާ، އިސްލާމްދީނާ ޚިލާފުކަންތައްތަކުން އެއްކިބާ ކުރުމަކީ ވާޖިބުކަމެކެވެ. މިގޮތުން ދެޖިންސުގެ މީހުން މަސްހުނިވުމާއި، މިއުޒިކު ކުޅުމާއި، ކާފަރުންގެ ކައިވެނީގެ އިޙްތިފާލުތައް ބާއްވާފަދައިން ބޭއްވުން ފަދަ ކަންކަމަކީ އިސްލާމްދީނާ ޚިލާފު ކަންތައްތަކެވެ. ހަމައެހެންމެ، ކާބޯތަކެއްޗާއި، އެހެންވެސް ތަކެތިން އިސްރާފުކުރުމަކީ ދީން ވަރަށް ބޮޑަށް މަނާކުރާ ކަންކަމެވެ.

ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަމެވެ. އަދި އެއީ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމާއި، ފާޙިޝް އެތައް މުންކަރާތްތަކަކުން މުޖުތަމަޢު ސަލާމަތްކޮށްދޭ ކަމެކެވެ. ކައިވެނީގެ މިއެންމެހާ ލަނޑުދަނޑިތައް ގުޅިލާމެހިފައިވަނީ އެކައިވެނިތަކުގެ ބާއްޖަވެރިކަމާއެވެ. ކައިވެނިތައް ފަސާދަވެއްޖެކަމުގައިވާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއައް ކުރާނެއެވެ.

ކައިވެނީގެ އެންމެހާ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށްޓަކައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާ މުހިއްމު އުޞޫލުތަކެއް ވެއެވެ. މިގޮތުން، އިންސާނުންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދިނުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވާލެއްވި އިސްލާމްދީނުގައި މިފުރިހަމަ އުޞޫލުތައް ބަޔާންކޮށް ދެއްވާފައިވެއެވެ. މިއުޞޫލުތަކަކީ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެކުލެވިފައިނުވާ މުހިއްމު އުޞޫލުތަކެއްކަން މިކަމާމެދު ވިސްނާފިކުރުކުރާ މީހަކަށް އެނގިގެންދާނެއެވެ. ވުމާއެކު، މިމަތިވެރި އުޞޫލުތަކަށް ބޯލެނބުމަކީ އަޅުގަނޑުމެންގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެކެވެ.

  1. ހަސަން

    މިފަދަ ހޭލުންތެރި މީހުން މިގައުމުގަ ނެއްކަމީ ހިތާމަކުރަން ޖެހޭކަމެއް….؛
    މިފަދަކަން ކަން ނަކަލު ކުރަމުން އައިސްފަވަނީ ގައުމަކަށް ދީނަކަށް އެހާބެލުމެއް ނެތިކަން ސާބިތު ވަމުން މިދަނީ ؛ މަދު އަހަރުތަކެއް ފާއިތު ވެގެންދިޔަ ސަރުކާރުގެ ބޮޑް ހަފްލާ އެއްގަ ވެސް އެންމެ ފަޚްރު ވެރިކަމަކަށް އޮތީ އެތައް ބައެއްގެ ކައިވެއްޏާ ، ތާޅަފިއްޔާ ދުންމާރީގެ އަޑާއެކު ހަވާއެރުވުމާ އަލިފާނުގެ ކުޅިވަރު .؛ މިއީ ނަކަލު ކުރެވޭނެ ކަން ކަން
    ދީނީ ޢިލްމުވެރިންގެ ބަސްމަޑު ވީމަ ސަގާފަތް ދެމގެން މިދަނީ .شكريا ؛؛؛؛؛

  2. މިފަދަ އިސްލާމް ދީނާ ހިލާފް ކަންތައް ކުރަންޏާ ކައިވެނި ދެމި އޮންނާނީ ކިހިނެތް؟.