ރާއްޖޭގައި ހަދާ ފުރަތަމަ ފްލޯޓިން ސިޓީގެ މަސައްކަތް ބައިސަން މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ.
ފެބްރުއަރީމަހު 10 ވަނަ ދުވަހު މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވާއިރު އެންމެ ފުރަތަމަ ހަދަން ނިންމާފައިވަނީ ފްލޯޓިންގ ގެތައް ހުންނާނނެ ގޮތުގެ ސާމްޕަލް 5 ގެއެވެ. މި ފަސް ގެ އަޅަނީ ފްލޯޓިންގ ސިޓީގައި ގެތައް ހުންނާނއ ގޮތް ރައްޔިތުންނަށް ދައްކާލުމަށެވެ.
1 ބިލިޔަން ޑޮލަރުގެ މިޕްރޮޖެކްޓް ހަދާ ނިމޭއިރު ފްލޯޓިންގ ސިޓީގައި 5 ހާސް ގެ ހުންނާނެއެވެ. އަދި އިންޓަރނޭޝަނަލް ރެސްޓޯރެންޓެއްގެ އިތުރުން 2 ރިސޯޓްވެސް ހިމެނިގެންދާނެއެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތަކުގެ ޚިދުމަތް މިސިޓީއިން ލިބިގެންދާނެއެވެ.
މިގެތަކަކީ ވިޔަފާރި އުސޫލުން ވިއްކަން ނިންމާފައިވާ ގެތަކެވެ. މިސިޓީ ޤާއިމުކުރުމަށް ނިންމާފައިވަނީ މާލެއާއި 5 މިނެޓް ދުރުގައި އާރަށް ކައިރިގައި އޮތް 200 ހެކްޓަރުގެ ފަޅެއްގައެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު އަކީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިފްތިތާހު ކުރި މަޝްރޫއުއެކެވެ.