ޚަބަރު
އެމްބިއުލާންސް އަކަށް އެދި ސަލާން ޖަހާތާ 2 އަހަރު

ގދ.ނަޑެއްލާގައި ގައި ބޭނުން ކުރާ އެމްބިއުލާންސް ހަލާކުވެގެން އެމްބިއުލާންސެއް ނުލިބިގެން ސަރުކާރުގައި އެ ދެމުންދާތާ 2 އަހަރު ވެއްޖެ ކަމަށް ނަޑެއްލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނަޑެއްލާ ކައުންސިލްގެ މެމްބަރުން އެކަން ފާހަގަ ކުރެއްވި، ކޯވިޑް-19 ގެ މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ އެހީގެ ތަކެތި ޙަވާލު ކުރެއްވުމާއި ވެރިންނާއި ބައްދަލުވު ކުރުމަށް ގދ.އަތޮޅު ރައީސް އާއި ގދ. ތިނަދޫ ރައީސާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރުން އެރަށަށް އިއްޔެ ކުރެއްވި ދަތުރުގައި ދެކެވުން ވާހަކައިގައެވެ.

ނަޑެއްލާގައި ބޭނުން ކުރަމުން އައި އެމްބިއުލާންސް ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހު 31 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެއިރުން ފެށިގެން ނަޑެއްލާގައި އެމްބިއުލާސްންގެ ޚިދުމަތްވަނީ ހުއްޓިފައެވެ.

ނަޑެއްލާ ކައުންސިލްގެ މެމްބަރުން ވިދާޅުވަނީ އެމްބިއުލާންސް ލިބޭތޯ 2020 ގެ ޖެނުއަރީ ގައި ހެލްތު މިނިސްޓްރީ އަށް ، 26 އޮކްޓޫބަރުގައި ރައީސް އޮފީހަށް، އަދި 4 ފެބުރުއަރީ 2021 ގައި ހެލްތު މިނިސްޓްރީއަށް ސިޓީ ފޮނުވާފައި ވާކަމަށާއި އެންމެ ފަހުން ފޮނުވި ސިޓީ ޖަވާބަކަށް މިނިސްޓްރީ އިން ވިދާޅުވީ ހަލާކު ވެފައިވާ އެމްބިއުލާންސް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި 1 އަހަރާއި 11 މަސް ވެ ދިޔައީ އެމްބިއުލާންސެއް ނެތި ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އިއްޔެ ގެ ބަދަލުކުރެއްވުމުގައި ވާހަކަ ދައްކަމުން ނަޑެއްލާ ކައުންސިލްގެ ނައިބު ރައީސް ފައިސަލް ނަޖީބް ވިދާޅުވީ ބަލިމީހުން އުފުލާން ރަނގަޅު އެނދުގަނޑެއްހާ މިންވަރު ވެސް ރަށުގައި ނެތް ކަމަށެވެ. މިވާހަކަ ތަކާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރުން ޢަބްދުލް މުޣުނީ ވިދާޅުވީ ސަރުކާރުގައި ދަންނަވާ އޭގެ އިތުރުން މަޖްލިހުން ވެސް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އިއްޔެ ނަޑެއްލާއަށް ކުރެއްވި ޒިޔާރަތްގައި ގދ.އަތޮޅު ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ ތިކަން ސަމާލުކަމަށް ގެނެސްދެއްވީތީ އުފާ ކުރައްވާ ކަމަށާއި ދާއިރާގެ އެންމެން ގުޅިގެން ލަސްތަކެއް ނުވެ ކުރައްވަން ޖެހޭ މަސައްކަތް ކުރައްވާނެކަމަށެވެ.

މިބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ނަޑެއްލާގެ ރައީސް މުހައްމަދު އަންޝާއު ވިދާޅުވީ ތިނަދޫ އަކީ ނަޑެއްލާގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮއެދޭ ބައެއް ކަމަށާއި ރަށަށް ދިމާ ވެފައިވާ ދަތި އުނދަގޫ ކަނަކަމަށް ޔަގީން ކަމާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ އިތުބާރު އެބައޮތްކަމަށެވެ.

އިއްޔެގެ އެ ބައްދަލުވުމުގައި ތިނަދޫ އިން ދިޔަ ވަފުދުގައި ގދ ރައީސް ހަސަން ފައިހަތު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރުން ޢަބްދުﷲ މުޣުނީ އަދި ތިނަދޫ ރައީސް ސައުދު ޢަލީގެ އިތުރުން ތިނަދޫ ކައުންސިލްގެ ނާއިބު ރައީސާ ނަސްރަﷲ ޢަލީ, ތިނަދޫ ކައުންސިލްގެގެ މެމްބަރުން މުހައްމަދު ޒަލީފް އަބްދުﷲ އާއި ހަވަރު ސްޕޯޓްސް ނާއިބު ރައީސް މުޙައްމަދު ޔާސިރު, ގދ އަތޮޅު ކައުންސިލާއި ތިނަދޫ ކައުނަސިލްގެ އިސް ބައެއް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!