ޚަބަރު
އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީއަށް 30 އިންސައްތައިގެ ކުރިއެރުމެއް

މިދިޔަ އަހަރުގެ ޖެހުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ދައުލަތަށް ލިބުނު އާމްދަނީއަށް 30 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ކަސްޓަމްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެފައިވާއިރު، ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 30 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 240 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު ޖެނުއަރީ މަހު ލިބިފައިވަނީ 312 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ، ޗައިނާ، އޮމާން، ސިންގަޕޫރު، ޔޫއޭއީ އަދި އިންޑިއާއިންނެވެ. އެގޮތުން ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޗައިނާ، އޮމާން، ސިންގަޕޫރ، ޔޫއޭއީއާއި އަދި އިންޑިއާއިންނެވެ. ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޖަނަވަރީ މަހު ޕްރޮސެސްކުރެވުނު ޑިކްލަރޭޝަން މިއަހަރުގެ ނޮވެމްބަރުމަހު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ޕްރޮސެސްކުރި ޑިކްރަލޭޝަންގެ ޢަދަދަކީ 16،248އެވެ. މިދިޔަ މަހު މިޢަދަދު 19،873އަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖެއަށް 126 އުޅަނދު އައިސްފައިވާއިރު، 144 އުޅަނދު ވަނީ ފުރާފައެވެ. ނަމަވެސް މިދިޔަ މަހު 123 އުޅަނދު އައިއިރު ފުރާފައިވަނީ 142 އުޅަނދެވެ. މިއާއެކު މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ ޖުމްލަ 1،216،369 ރުފިޔާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!