ޚަބަރު
ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީވޯން ކެމެރާ ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެެވެ. އެގޮތުން މިއަދުން ފެށިގެން ފުލުހުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާނެއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ބޮޑީވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ، މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ބޮޑީވޯން ކެމެރާ ފުރަތަމަ ބޭނުން ކުރުމަށް ނިންމާފައިވަނީ މާލެއާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުން ކަމަށާއި، މި ކެމެރާ ބޭނުންކޮށްފެން މަންޒަރާއި އަޑު ރެކޯޑު ކުރެވޭނެ ކަމަށެވެ. އަދި ފުލުހުންގެ ކޮމާންޑް ސެންޓަރުގައި ތިބޭ އޮފިސަރުންނަށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ހަރަކާތްތައް ބޮޑީވޯން ކެމެރާގެ ޒަރިއްޔާއިން ވަގުތުން މޮނިޓަރ ކުރެވޭނެ ކަމަށެވެ.

ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އާންމު ރައްޔިތުންގެ އިތުރުން ފުލުހުންނަށްވެސް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ. – ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުން ކުރަން ފަށަން މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އެމަސައްކަތް ކާމިޔާބު ނުވެ ދިގު ދެމިގެން ދިޔައި ކޮވިޑް-19 އާއި ކުރިމަތިލާން ޖެހި ދައުލަތުގެ ހަރަދުތައް 2020 ވަނަ އަހަރު ކުޑަކުރަން ޖެހުމުން ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރެއެވެ. ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފުލުހުން މިފަދަ ކެމެރާ ބޭނުން ކުރަން ފަށާ ފުރަތަމަ ގައުމަކީ ރާއްޖެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!