އިންސާނުން ހަނދަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނާސާއިން ހާމަކޮށްފިއެވެ.
ނާސާއިން ބުނާގޮތުގައި އާޓެމިސް މިޝަންގެ ދަށުން 2025 ވަނަ އަހަރު އިންސާނުން ހަނދަށް ފޮނުވަން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި ނާސާގެ އެސްޓްރޮނޯޓުން މިކަމަށް ޓްރެއިން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ހަނދުގައި ހިނގާ ގޮތަށް ހިނގަން ފަރިތަ ކުރުމަށް 12 މީޓަރު ފެން ޕޫލެއްގައި އެސްޓްރޮނޯޓޫން ދަނީ ތަމްރީނުކުރަމުންނެވެ. އެމެރިކާގެ ޓެކްސަސްގައި ހުންނަ ނިއުޓްރަލް ބޮޔަންސީ ލެބޯޓްރީގައި ކުރިއަށް ގެންދާ މި ތަމްރީނުތައް ޚާއްސަ ކުރެވިފައިވަނީ މޫން ވަރކް ކުރާ މާހައުލާ އެއްގޮތަށެވެ.
މީގެ ކުރިންވެސް ނާސާއިން ވަނީ އިންސާނުން ހަނދަށް ފޮނުވާފައެވެ. އެމީހުން ތިބީ ހަނދުގެ އީކުއޭޓަރ ކައިރީގައެވެ. އެސަރަހައްދަށް އިރުގެ އަލިކަން ލިބެއެވެ. އެހެންނަމަވެސް މިފަހަރުގެ އާޓެމިސް މިޝަންގައި މީހުން ތިބޭނީ ހަނދުގެ ސައުތް ޕޯލްގައެވެ.
ނާސާއިން ބުނާގޮތުން ސައުތު ޕޯލްގައި މި މިޝަން ކުރިއަށް ގެންދަން ނިންމި މައިގަނޑު އެއް ސަބަބަކީ އެ ސަރަހައްދުގައި ގަނޑުފެން ހުރިކަމަށް ނާސާއަށް ގަބޫލުކުރެވޭތީއެވެ.