ޚަބަރު
އަލަށް އެމްބިއުލާންސް ފޮނުވާ ރަށްތަކުގެ ތެރޭގައި މާމެންދޫގެ އިތުރުން ވާދޫ ހިމެނޭ

ސިއްޙީ ކުއްލި ހާލަތުގައި ދެވޭ ފަރުވާގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަށްރަށަށް ފޮނުވުމަށް މިފަހަރު ގެނައި އެމްބިއުލާންސް ފޮނުވާ ރަށްތަކުގެ ތެރޭގައި ހުވަދު އަތޮޅު ދެރަށެއް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީއިން މިފަހަރު އެމްބިއުލާންސް ފޮނުވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅުގެ ރަށްތަކަކީ ގއ މާމެންދޫގެ އިތުރުން ގދ ވާދޫއެވެ. އޭގެ އިތުރުން ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ، އއ.ފެރިދޫ، މ.މުލަށް، ދ.މީދޫ، ދ.މާއެނބޫދޫ އަދި ލ.މާބައިދޫ ހިމެނެއެވެ.

ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އެސްޓީއޯއިން މިހާތަނަށް ވަނީ 75 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފައެވެ. މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ 15 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ. އޭގެ އިތުރުން، އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު މިވަގުތުވެސް ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!