ޚަބަރު
ޖާބިރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް މިއަދު ނެރެފިއެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުގައި ބަހައްޓައިގެން މާދަމާ ސިވިލް ކޯޓަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

މިމައްސަލައިގައި ޖާބިރު ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް އޭނައަށް ޗިޓެއް ފޮނުވާފައި ނުވާ ކަމަށާއި އެ ފައިސާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޑީއާރުޕީ ހިންގެވި އިރުގައި އޮތް ދަރަންޏެއް ކަމަށެވެ. އަދި އެ ފައިސާ އާ ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އެފައިސާއަކީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް މައުމޫނު ކުރެއްވި ދަތުރުފުޅުތަކުގެ ފައިސާ ކަމަށެވެ. އެފައިސާ ދައްކަވަން ޖެހޭނީ އޭރު ޕާޓީ ހިންގެވުމުގައި އުޅުއްވި ބޭފުޅުން ކަމަށާއި މިހާރު ޕާޓީގެ ވަގުތީ ލީޑަރެއްގެ ހައިސިއްޔަތުން އޭނާ އެ ފައިސާއާ ހަވާލުވާން ޖެހޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރަކީ ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަން އޮތް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްޓީސީސީން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ.

މާދަމާ ހެދުނު 11:45ގައި ސިވިލް ކޯޓުގައި އޮތް ޝަރީއަތަކަށް ޖާބިރު ހާޒިރުކުރުމަށް އަންގާފައިވާއިރު ޖާބިރު ހުންނެވީ ރާއްޖެތެރޭ ރަށެއްގައެވެ. މީގެ ކުރިންވެސް ކޯޓުން އަމުރު ނެރެގެން ޖާބިރުވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ސިވިލް ކޯޓުން ޖާބިރުގެ ޕާސްޕޯޓްވެސް ހިފެހެއްޓުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!