ޚަބަރު
ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އެންމެ ބޮޑު މަންފާއެއް ކުރާނީ ރައްޔިތުމީހާއަށް – މިނިސްޓަރ އިމްރާން

ބޮޑީވޯން ކެމެރާ ބޭނުން ކުރަން ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިގަތުމުން، އެކަމުގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާއި ބައްދަލުވާ ރައްޔިތު މީހާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ރަސްމީކޮށް މިއަދު ފަށާފައިވާއިރު، ބޮޑީވޯން ކެމެރާ އިފްތިތާހް ކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޒަމާނީ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ހެދުމަށް، އެ މުއައްސަސާ މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން އެއީ ޒަމާނީ ދުނިޔޭގައި ކުރެެވެމުންދާ މުހިންމު އެއް މަސައްކަތްކަމަށެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ވަރަށް އިސްކަމެއް ދެއްވައިގެން ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖީގެ ތެރޭގައި ހިމަނައިގެން އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި އެކަމަށް ބޭނުންވާ ފުރިހަމަ ތަމްރީނު ހޯއްދަވައި މިއަދު މި މަސައްކަތް ފަށައިގަތުމުން އެނގިގެންދަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވަމުންދާ މުއައްސަސާއެއްކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދި މިފަދަ މުހިންމު ޕްރޮޖެކްޓެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިގަތް ހިނދު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ހާލަތާ ބައްދަލުވާ ރައްޔިތު މީހާ ކަމަށާއި ފުލުހުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފުލުހުންނަށް ދެވޭ ތަމްރީނުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ އިސް ސަފުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!