ޚަބަރު
ބުލީގެ ޝިކާރައަކަށްވި 11 އަހަރުގެ ޑައުން ސިންޑްރޯމް އަންހެންކުއްޖަކު، ނޯތު މެކްޑޯނިއާގެ ރައީސް ސްކޫލަށް ގެންގޮސްދީފި

ޑައުން ސިންޑްރޯމް ހުންނަ 11 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް، ސްކޫލުން ބުލީކުރުން ކުރިމަތިވެއެވެ. މިޚަބަރު ނޯތު މެކްޑޯނިއާގެ ރައީސަށް ލިބުމުން، ރައީސް ވަނީ، ބުލީގެ ޝިކާރައަކަށްވި ޑައުން ސިންޑްރޯމް ތުއްތު ކުއްޖާ އަތުގައި ހިފައިގެން އެކުގައި ހިގައި ސްކޫލަށް ގެންގޮސްދީފިއެވެ.

ނޯތު މެކްޑޯނިއާގެ ރައީސަށް މައުލޫމާތު ލިބިފައިވީ ގޮތުގައި، މިތުއްތު ކުއްޖާއަށް، އެކުގައި ކިޔަވާ ކުދިންނާއި، ކުދިންގެ ބެލެނިވެރިންގެ ފަރާތުން ތަފާތު އެކިފަހަރުމަތިން ބުލީކުރުން ކުރިމަތިވެފައެވެ. އެމްބްލާ އެޑެމީ ކިޔާ ތުއްތު ކުއްޖާ އަތުގައި ހިފައިގެން ރައީސް ސްޓީވޯ ޕެންޑަރޯވްސްކީ ވަނީ ގޮސްޓިވާ ސިޓީގެ ހުޅަގުގެ ސްކޫލަކަށް ހިގާފައި ގޮސްފައެވެ.

އެމްބްލާ އެޑެމީ އަތުގައި ހިފައިގެން ނޯތު މެކްޑޯނިއާގެ ރައީސް ސްޓީވޯ ޕެންޑަރޯވްސްކީ ސްކޫލަށް ހިގާފައިދާ މަންޒަރު

އެމްބްލާއަށް ކޮންމެ ދުވަހަކު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ގުޅޭގޮތުން، އޭނާގެ މައިންބަފައިންނާއިވެސް ރައީސް ޕެންޑަރޯވްސްކީ  ވަނީ ވާހަކަދައްކާފައެވެ. ޤައުމުގެ ރައީސް މިފަދަ ގޮތަކަށް، ޑައުންސިންޑްރޯމް ހުންނަ ތުއްތު ކުއްޖަކު ގޮވައިގެން ސްކޫލަށް ގެންގޮސްދީފައިވަނީ، ކްލާހުގެ އެހެން ކުދިންނާއި، އެކުދިންގެ މައިންބަފައިންގެ ފަރާތުން އެމްބްލާއަށް ކުރިމަތިވީ ބުލީކުރުމުގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެމްބްލާ އަކީ ވަރަށް ޚާއްސަ ކުއްޖެއްކަން އެހެން ކުދިންނާއި، އެކުދިންގެ މައިންބަފައިންނަށް އަންގައި ދިނުމަށެވެ. ބައެއް ބެލެނިވެރިން ވަނީ އެމްބްލާ އެމީހުންގެ ކުދިންނާއި އެއްކްލާހެއްގައި ތިބެންޖެހުމުގައި، ސްކޫލް މެނޭޖްމަންޓުގައި ސަކުވާކޮށް މައްސަލަ ޖައްސާފައެވެ. އަދި އެމީހުންގެ ކުދިންގެ ކްލާސް ބަދަލުކުރުމަށް ތަފާތު އެކިފަހަރުމަތިން މަސައްކަތް ކޮށްފައެވެ.

ކްލާސްކުދިންގެ ފަރާތުން އެމްބްލާއަށް ކުރިމަތިވާ ބުލީގެ ސަބަބުން، އާދައިގެ ކުދި ކުދި ކަންކަމާއި ގުޅިގެން ރުޅިގަދަވެ، ބޮޑާހާކައި ހެދުމުގެ އިތުރުން، ސްކޫލްގައި އެހެން ކުދިންނާއި ވަކިން އިންނަން ބޭނުންވުމުގެ އިތުރުން ފިލާވަޅުގައިވެސް އަދި އެއްވެސް ސްކޫލް ހަރަކާތެއްގައި އެމްބްލާ ބައިވެރިވާން ބޭނުން ނުވާކަމުގައި، އޭނާގެ މައިންބަފައިން ބުނެފައިވެއެވެ.

އެމްބްލާ ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ، އެމްބާއާއި އެއްކުލާހެއްގައި އެމީހުންގެ ކުދިން ބައިތިއްބާތީ، އެކަމާއި ހިތްހަމަނުޖެހިގެން، ތަފާތު އެކުފަހަރުމަތިން ސްކޫލްގެ މެނޭޖްމަންޓަށް މައްސަލަ ހުށަހަޅައި ހައްލެއް ނުލިބިގެން، ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ބައެއް ބެލެނިވެރިން ޤަބޫލުކުރާގޮތުގައި، އެމްބްލާ ފަދަ ކުދިންނަކީ، ނުކުޅެދޭ ކުދިންނެވެ. އަދި އެކުދިން ބައިތިއްބަންޖެހޭނީ އެހެން ކުދިންނާއި ވަކިންނެވެ.

އެމްބްލާއަށް ކުރިމަތިވީ މިހިތްދަތި ކަންތަކުގެ މަޢުލޫމާތު ރައީސަށް ލިބިލެއްވުމުން، ރައީސް ވަނީ، އެމްބްލާގެ އާއިލާއާއި ބައްދަލުކޮށްފައެވެ. އަދި މައިންބަފައިންގެ ހުއްދަޔާއި އެކު، އެމްބްލާ ގޮވައިގެން ރައީސް ޕެންޑަރޯވްސްކީ ހިގައި ސްކޫލަށް ގޮސްފައެވެ.

ޤައުމުގެ ރައީސް މިފަދަގޮތަކަށް ތުއްތު ކުއްޖަކު ސްކޫލަށް ގެންގޮސް ދިނުމުން، ޤައުމުގެ ހުރިހާ މީޑިއާއެއްގެ ސަމާލުކަން ވަނީ އެމްބްލާއަށް ހުއްޓިފައެވެ. ރައީސްގެ އަމާޒަކަށް ވެފައިވީ، ދަރިވަރުންނަށް ސްކޫލްތަކުން ކުރިމަތިވާ ބުލީކުރުމުގެ މައްސަލަ އެންމެންގެ ސަމާލުކަމަށް ގެނެސް، އެމްބްލާ ފަދަ ކުދިންނަކީ ވަރަށް ޚާއްސަ ކުދިންކަން އެހެން ރައްޔިތުންނަށް ވިސްނުވައި ދިނުމެވެ.

އެމްބްލާ އެޑެމީ އާއި އެކު ނޯތު މެކްޑޯނިއާގެ ރައީސް ސްޓީވޯ ޕެންޑަރޯވްސްކީ އޭނާގެ ސްކޫލްގައި

ޕެންޑަރޯވްސްކީގެ އޮފީހުން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވާ ގޮތުން، އެމްބްލާފަދަ ކުދިންނަށް، އެއްކޮށް ކިޔަވާ ކުދިންނާއި، އެކުފިންގެ ބެލެނިވެރިންގެ ފަރާތުން ބުލީކުރުން ކުރިމަތިވުމަކީ، ވަރަށް ހިތާމަވެރި ކަމެކެވެ. އަދި އެކަން ހަރުކަށި އިބާރާތުން ރައީސް ކުއްވެރި ކުރައްވާކަމުގައި އެސްޓޭޓްމަންޓުގައި ވެއެވެ. އެމްބްލާ ފަދަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއިއެކު، ސްކޫލް މާހައުލަކީ ކުދިންނަށް ރައްކާތެރި، ހަމަހަމަކަން ޤާއިމްކޮށް، ކުދިންނަށް މަރުޙަބާ ކިޔާ ތަނެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސްގެ ސްޓޭޓްމަންޓުގައި ބުނެއެވެ.

ނުކުޅެދުންތެރިކަން ކުރިމަތިވެފައި ވުމަކީ، އެއްވެސް ކުއްޖެއްގެ ކިޔެވުމުގެ ހައްޤުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!